ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ – ރައީސް
ސަރުކާރުން ރަށްތަކުގައި ކުރިޔަށް ގެންދަން ނިންމާ މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ. ކައުންސިލް އިންތިހާބުގެ ބޯމަތިވެފައި ވަނިކޮށް ބޭއްވި އެ ޖަލްސާގައި ބައެއް ކައުންސިލްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ހިންގަން ނިންމާފާއިވާ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތަކާއި ހެދި ނުފެށިގެން އުޅޭކަމަށެވެ. ކޮންމެ ރަށެއްގެ ތަރައްގީ އަށް ވެސް ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަކު އެ ކަންކަމަށް ބުރަކި ޖައްސައި ހުރަސް އަޅާނެ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑު ބަލަން އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުގައި ހިންގުމަށް ދިމާވާ ދަތިތައް. މިއަދުވެސް އަޅުގަނޑު ބަލާލިއިރު، އަޅުގަނޑު އަތަށް އެރި ލިސްޓެއްގައި އެތައް ރަށެއްގައި މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކީއްވެތޯ ބަލާއި އިރު ބިން ހަވާލުނުކޮށްގެން. ކައުންސިލުން ބިން ހަވާލު ކުރަނީ،" ކައުންސިލްތަކާއި ހެދި މަޝްރޫއުތައް ނުހިންގޭކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ކޮން ބަޔަކަށްތޯ ގެއްލުން މިވަނީ؟ އެ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން ވާކަށް. އެކަން ރިޕީޓުވާކަށް، ކޮންޓިއުވާކަށް ދެވަނަ ފަހަރަކަށް. ރައްޔިތުންގެ އަތްޕުޅަށް މި އަންނަނީ އެ އިހުތިޔާރާއި ބާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،" ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ކުރެއްވި މަސައްކަތާއި ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އަދި މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވަވާ ރިޔާސީ ބަޔާނުގައި އެކަންކަމާއި ގުޅޭ ތަފްސީލްތަކާއި ކުރިއަށް ރޭވިފައިހުރި މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
އިޤްތިޞާދީ އިޞްލާޙުތަކާއި ބޮޑެތި މަޝްރޫޢުތަކުގެ މިސްރާބު ރައީސް ހާމަކުރައްވައިފި
27 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
މަސްވެރިން މަދުވީ ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ބެހުމުން - ރައީސް
19 - ޖޫން - 2026
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް