ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަންނަގަން އެދެނީ!
ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް ވާދަކުރުމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަން ނެގުމަށް އެދެން ފަށައިފިއެވެ. އެގޮތުން ޕީއެންސީ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން، އަދި އެކްޓިވިސްޓުން ބައެއް ކެނޑިޑޭޓުންނާއި ގުޅައި/ބައްދަލުކޮށް ޕްރިމަރީއިން ނަންނަގައި ފަހަތަށްޖެހުމަށް އެދުމުން ދާކަން މިނޫހަށްވަނީ ޔަޤީންކުރެވިފައެވެ.
މިނޫހަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީ ޓިކެޓް ހޯދުމަށް މަސައްކަތްކުރަނީ، އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް އަދި އާމިނާދިޔޯ ސިއްޙީމަރުކަޒަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލީ ރައްޒާންއެވެ. ކައުންސިލް މެމްބަރުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ 2 ސްލޮޓަށް ވާދަކުރަނީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ ހަލީމަތު ސުމާ އަދި ފާތިމަތު ޝަނީޒާގެ އިތުރުން މަރްޔަމް ތަހުމީނާ އަދި ހިދާޔަތުއެވެ. ކައުންސިލް މެމްބަރުކަމަށް ވާދަކުރަނީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ޒާހިރުހަސަން، މުހައްމަދު އަރީބް އަދި އަހްމަދު ރިޟްވާންގެ އިތުރުން މުހައްމަދު ފިރާޤު، ޙަސަން ވަހީދު އަދި ނައުފަލް އިބްރާހިމްއެވެ.
ބައެއް ކެނޑިޑޭޓުން މިނޫހަށް ޔަޤީން ކޮށްދީފައިވާގޮތުގައި ނަންނެގުމަށްއެދި ލީޑާޝިޕްގެ ބައެއް ފަރާތްތަކުން އެދެމުންދާތީ، ނަންނެގުމަށް އެކެނޑިޑޭޓުން މިހާރުވަނީ ނިންމާފައެވެ. ނަމަވެސް ބައެއް އެނޑިޑޭޓުންބުނީ ނަންނެގުމަކީ ޑިމޮކްރެޓިކް ގޮތަކަށް ނުވާތީ އަދި އެފަރާތްތަކަށް ސަޕޯޓްކުރާ ފަރާތްތަކަށްވެސްވެވޭ ބޭއިންސާފަކަށްވާތީ ނަންނުނަގާނެކަމުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބައެއް ކެނޑިޑޭޓުންނަށްވަނީ ކުރިމަތިނުލާނަމަ "ރަނގަޅު ގޮތްތައް" ހުށަހަޅައިފައެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕީއެންސީގެ ޓިކެޓްގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރަނީ މަޔަމް ރިފްދާ، އާމިނަތު ނުޒުހަތު، މުނީޒާ އާދަމް، މަރިޔަމް ޝަހީރާ އަދި ޔަޝްފާ އަހްމަދުއެވެ. އޭގެތެރެއިން ނުޒުހަތު ވާދަކުރަނީ ރައީސާގެ މަޤާމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕްރައިމަރީ ނުބާއްވާ ނިންމި ނިންމުން ބަލައެއް ނުގަންނަން – ސޮބާހް
23 - ޑިސެމްބަރު - 2025
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް