ޕްރީ ސްކޫލްގެ ބިންގާ އެޅިތާ 12 އަހަރު ފަހުން، އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ހިންގަން 35 އަހަރަށް ދީފި!
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަސްއެއް ހއ. އިހަވަންދޫގައި ހިންގުމަށް، އިހަވަންދޫ ކައުންސިލުން އިމާރާތް ކޮށްފައިވާ ޕްރީސްކޫލް އިމާރާތް އެމްއެންޔޫއާ ހަވާލުކޮށްފިއެވެ. ޤައުމީ ޔުނިވަރސިޓީއާ އެއިމާރާތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދުއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި، ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސޮއިކުރެއްވިއިރު އެމްއެންޔޫގެ ފަރާތުން ސޮއެކުރެއްވީ އެޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމްއެވެ.
މިކަމާއި ގުޅޭގޮތުން މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެ އިމާރާތުގެ ހިދުމަތް އަވަހަށްލިބި މަތީ ތައުލީމްގެ ފުރުސަތު ފަހިވެގެން ދިޔުމަކީ އިހަވަންދޫއާއި ހއ. އަތޮޅަށް ލިބިގެން ދިޔަ ކުރިއެރުމެއްކަމުގައެވެ. ސޮބާހް ވިދާޅުވީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަހަށް މުވައްޒަފުންނެގި ވަރަށް އަވަހަށް ކޯސްތަކަށް އިއުލާން ކުރާނެކަމުގައެވެ. ސޮބާހް މައުލޫމާތު ދެއްވިގޮތުގައި، ޕްރީސްކޫލްގެ މުޅި އިމާރާތް އެމްއެންޔޫއާއި ހަވާލުކޮށްފައިވަނީ 35 އަހަރުގެ މުއްދަތަށް ކުއްޔެއް ނުނަގާގޮތަށެވެ.
އިހަވަންދޫ ކައުންސިލުން، އިމާރާތްކޮށްފައިވާ އިހަވަންދޫ ޕްރީސްކޫލް އިމާރާތުގެ ބިންގާ އަޅާފައިވަނީ 10 ޑިސެންބަރު 2012 ގައި އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައެވެ. އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރު އަދި ދެވަނަ ދައުރު ކުރެވުނު މަސައްކަތުން ޕްރީސްކޫލް އިމާރާތް ހިޔާކުރުމާއި ހަމަޔަށްގޮސް، ވީރާނާވާން ދޫކޮށްލާފައި ވަރަށްގިނަދުވަހު ހުއްޓެވެ.
އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގައި، އިމާރާތް ވީރާނާވެފައިވާތީ އިމާރާތުގެ ތީގައި އަޅާފައިވާ ޝީޓް ނަގައި ފާރުތައް މަރާމާތު ކޮށްފައިވެއެވެ. 3 ވަނަ ދައުރުގެ ކައުންސިލްގެ ދައުރު ހަމަވީ އެއިމާރާތް ހިޔާކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް ކުރަމުންދަނިކޮށެވެ. މިހާރު މިހިނގާ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގައި ޕްރީސްކޫލް އިމާރާތުގައި ތަޅުންއަޅައި ފިނިޝިންގް މަސައްކަތްކޮށް އިމާރާތް ބޭނުންކުރެވޭވަރަށްވަނީ ނިންމާފައެވެ
ގުޅުން ހުރެދާނެ ލިޔުން
އެމްއެންޔޫ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ހިންގަން އިއުލާންކުރި ކޯސްތަކަށް ކުރިމަތިލީ އެންމެ ދެ ދަރިވަރުން
14 - އޭޕްރީލް - 2026
1.39 މިލިއަން ރުފިޔާ ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާކޮށްފި!
19 - މާރިޗު - 2026
ޕްރީސްކޫލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަޒްއިންވެސްޓްމެންޓާއި ހަވާލުކޮށްފި
29 - ޖުލައި - 2024
އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދަނީ
6 - ޖުލައި - 2023
ޕްރީ ސްކޫލް އިމާރާތް ކުރަން ބޭނުންވާ ތަކެތި ދާއިރާގެ މެމްބަރު ދެއްވަނީ
7 - ފެބްރުއަރީ - 2013
ޕްރީ ސްކޫލު އެޅުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް ކޮށްފި
2 - ފެބްރުއަރީ - 2013
އިހަވަންދޫގައި ޕުރީސްކޫލެއްގެ ބިންގާ އަޅައިފި
10 - ޑިސެމްބަރު - 2012
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް