އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދަނީ
އިހަވަންދޫގައި ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިހަވަންދޫ ކައުންސިލުން ޢިއުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވަނީ އިހަވަންދޫގައި ތަޢުލީމާއި ތަމްރީން ދޭ މަރުކަޒެއް ޤާއިމްކޮށްދީ ހިންގައިދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާ ލާފައިވާ ކަމަށާއި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 2023 ޖުލައި 17 ވާ ހޯމަ ދުވަހުގެ 11:00 ނިޔަލަށް އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށެވެ. އެޕްރޮޖެކްޓާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕޯސަލް ހުށަހަޅުމާއި ބިޑް ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 24 ވާ ހޯމަ ދުވަހުގެ 11:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.
ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ޤާއިމްކޮށް ހިންގައިދޭނެ ފަރާތެއްހޯދުމަށް ކައުންސިލުން ޢިއުލާންކޮށްފައިވާއިރު، އެމަރުކަޒު ޤާއިމް ކުރަން ނިންމާފައިވަނީ އިހަވަންދޫ ކައުންސިލުން ތަރައްޤީކުރަމުންދާ ޕްރީސްކޫލް އިމާރާތުގައެވެ. އެހެންކަމުން އެމަރުކަޒް ހިންގަން ޝައުޤުވެރިވާ ފަރާތުން އެއިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމައި، ތައުލީމީ ކޯސްތައް ހިންގާނެގޮތުގެ ތަފްސީލީ ޕްރޮޕޯސަލެއް ހުށަހަޅަންޖެހެއެވެ.
ކައުންސިލުން ތަރައްޤީކުރަމުންދާ ޕްރީ ސްކޫލްގެ ބިންގާއެޅީ އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި، 10 ޑިސެމްބަރ 2012 ގައެވެ. ޕްރީސްކޫލް އިމާރާތުގެ މަސައްކަތް ފެށިތާ 10 އަހަރު ވީއިރުވެސް އެކިއެކި ސަބަބުތަކާއިހުރެ އަދިވެސް އެއިމާރާތުގެ މަސައްކަތް ނިންމާލެވިފައެއްނުވެއެވެ. މިހާތަނަށް އާއިރު އެއިމާރާތް ހިޔާކޮށް ވަނީ ސިމެންތި ޖަހާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕްރީ ސްކޫލް އިމާރާތް ކުރަން ބޭނުންވާ ތަކެތި ދާއިރާގެ މެމްބަރު ދެއްވަނީ
7 - ފެބްރުއަރީ - 2013
ޕްރީ ސްކޫލު އެޅުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް ކޮށްފި
2 - ފެބްރުއަރީ - 2013
އިހަވަންދޫގައި ޕުރީސްކޫލެއްގެ ބިންގާ އަޅައިފި
10 - ޑިސެމްބަރު - 2012
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެމްއެންޔޫ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ހިންގަން އިއުލާންކުރި ކޯސްތަކަށް ކުރިމަތިލީ އެންމެ ދެ ދަރިވަރުން
14 - އޭޕްރީލް - 2026
1.39 މިލިއަން ރުފިޔާ ހޯދަން ހަޒް އިންވެސްޓްމަންޓުން އިހަވަންދޫ ކައުންސިލާ ދެކޮޅަށް ދައުވާކޮށްފި!
19 - މާރިޗު - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް