އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ
އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެވުޒާރާއިން އާންމުކޮށްފައިވާ ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ މިއަހަރުގެ އޯގަސްޓް މަހުއެވެ. އަދި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށާނީ މިއަހަރުގެ މެއި މަހުއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އިހަވަންދޫގައި ދިރިއުޅޭ ރަތްޔިތުންނަށް ރަށުގައި ތިބެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މިހާރުވެސް ލިބެއެވެ. ނަމަވެސް އައިޑީކާޑު ޕްރިންޓްކޮށްގެ ގެންނަނީ މާލެއިން ކަމަށް ވުމާއިއެކު، އައިޑީކާޑު އަތަށް ލިބުމުގައި ލަސްތަކެއް ވެގެންދެއެވެ. އިހަވަންދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭންފެށުމާއިއެކު ޚިދުމަތުގެ ސްޕީޑް އަވަސްވެގެން ދާނެއެވެ. އިހަވަންދޫއިން ޕާސްޕޯޓް ދޫކުރަން ފެށުމާއިއެކު، ޕާސްޕޯޓް ނަގަން ދަތުރުހަދާފައި ދިއްދޫ ނުވަތަ ކުޅުދުއްފުއްޓަށް ކުރަންޖެހޭ ދަތުރަށް ނިމުމެއް އަންނާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލްގެ އެހީތެރިކަމަކާއިއެކު މާދަމާ އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ
28 - ޖެނުއަރީ - 2025
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރަންފެށިފަހުން 105 ކާޑް ޕްރިންޓްކޮށްފި
3 - ޖޫން - 2025
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓުކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި
29 - ޖެނުއަރީ - 2025
މުއްދަތު ހަމަވާ އައިޑީކާޑުގެ މުއްދަތު ޖުލައިމަހުގެ ނިޔަލަށް ދަންމާލައިފި
25 - ޖެނުއަރީ - 2022
ކޮވިޑް-19: އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ
5 - އޭޕްރީލް - 2020
ޕާސްޕޯޓް ހެދުމަށް އެދި ހުށަހަޅާ ފޯމް އިހަވަންދޫ ކައުންސިލުން ބަލައިގަންނަން ފަށައިފި
18 - ނޮވެމްބަރު - 2017
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
އިހަވަންދޫގައި މޯލްޑިވެސް ޕޯސްޓްގެ އައު އެޖެންޓެއް!
8 - ޖުލައި - 2026
ބިޒީ ޝެޑިއުލްގައިއުޅޭ މީހުންނަށްވެސް ފިޓްވާ ގޮތަށް ބައްޓަންކޮށްފައިވާ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިހަވަންދޫގައި!
19 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް