މައިކަޕްގައި ބައިވެރިވާ އިހަވަންދޫގެ ކޮންމެ ޓީމަކަށް 2000ރ އަދި ފައިނަލަށް ދަތުރުކޮށްފިނަމަ 5000ރ ދެނީ!
ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ އިހަވަންދޫގެ ކޮންމެ ޓީމަކަށް އެހީތެރިވުމުގެ ގޮތުން 2000ރ ގެ ސްޕޮންސަރ އެއް ދިނުމަށް، މުބާރާތުގެ ޓައިޓަލް ސްޕޮންސާރ ކޮށްފައިވާ ބިއުޓިފުލް ބްލޫ އިން ނިންމާފައިވާކަމަށް، ބިއުޓިފުލް ބްލޫގެ ވެރިޔާ މުޙައްމަދު ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެންވިދާޅުވީ، މައިކަޕްގެ ޓައިޓަލް ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއެކުރުމަށް ރޭ އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސްހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން، އިހަވަންދޫގެ ޓީމެއް ފައިނަލަށް ދަތުރުކޮށްފިނަމަ ތައްޔާރުވުމަށްޓަކައި 5000ރ ގެ ފައިސާގެ އިނާމެއް ދޭނެކަމަށް ޔާމީން ވިދާޅުވިއެވެ.
ބިއުޓިފުލް ބްލޫއިން މައިކަޕްގެ ޓައިޓަލް 150،000ރ އަށް ސޮޕޮންސާކޮށްފައިވާއިރު، ޔާމީން ފާހަގަކުރެއްވި ގޮތުގައި މިފަދަ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަރަށްގިނަ ހަރަދުތަކެއް ހިނގާނެއެވެ. އެހެންކަމުން މިމުބާރާތް އިންތިޒާމްކުރާ ކްލަބް ޕޯލްސްޓަރއަށް އިންތިޒާމްތައް ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން 15000ރ ގެ ބަޖެޓެއް ދޭނެކަމަށް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމަށް މުބާރާތް ފެށުމުގެ ކުރިން މައިކަޕްގެ 200 ޖާޒީ ހިލޭ ސަޕޯޓަރުންނަށް ދޫކުރާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، މައިކަޕްގެ ޓައިޓަލް ސްޕޮންސަރ ކުރުމަށް ނިންމީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި، އެގޮތުން މިއީ ޒުވާނުން އެންމެ އިންތިޒާމު ކުރާ ފުޓުބޯޅަ މުބާރާތް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު ފާހަގަކުރެއްވިގޮތުގައި މިއަހަރުގެ މައިކަޕްގެ ޓައިޓަލް ބިއުޓިފުލް ބްލޫއިން ސްޕޮންސަރ ކޮށްފައިވަނީ ރެކޯޑް އަގަކަށެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުالله (މުޙައްމާ) ވަނީ މިއަހަރުގެ މުބާރާތަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
4 އަހަރުގެ މެދު ކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު އަލުން ބާއްވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް