އިހަވަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތްފަށަނީ
މުޙައްމަދު އަކުރަމް
25 - ފެބްރުއަރީ - 2024
ހއ. އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރެވުމުގެ ކުރިންވެސް މިހާރު ހުރި އާމިނާދިޔޯ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދެން ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާގެ ވާހަކައިގައި އަޅުގަނޑަށް ހަމަ ނުދެންނެވި ދިޔަ ކަމެއް. ޑައިލިސިސް ޚިދުމަތް ޤާއިމުކޮށްދޭން. މި ރަށުގެ ރައްޔިތުން ހަމަ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ. ވަރަށް ކޭސަސް ގިނަ. އަޅުގަނޑު ދެން މިއަދު ސަލާންކުރުމުގައި ދިމާވި ބޭފުޅުންކޮޅެއްވެސް ހަމަ އެ ވާހަކަ ފާހަގަކުރެއްވި." ރައީސް ވިދާޅުވިއެވެ. "މިހާރު މިހިރަ ޞިއްޙީ މަރުކަޒުގައި، ލެވެލް 4ގެ ގޮތުގައި ހުރި، ކެޓަގަރީ 4ގެ މަރުކަޒެއް. އަދި ހޮސްޕިޓަލް ހެދެންދެންވެސް، ހޮސްޕިޓަލްގެ ފެސިލިޓީއަކާ ހަމައަށް އަޕްގްރޭޑް ވަންދެކަށް، ނޫނީ ހެދެންދެކަށްވެސް އަޅުގަނޑު ބަލާނަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން، މިނިސްޓްރީ ތެރެއިން، ހޮސްޕިޓަލް ނިޒާމުގެ ތެރެއިން ޑައިލިސިސް ޚިދުމަތް ވަރަށް އަވަހަށް ފެށޭތޯ. އެކަމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން." ރައީސް ތަފްސީލް ކޮށްދެއްވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތް ވަރުގަދަކުރަން މިހާރުން މިހާރަށް ކުރެވޭނެ ކަންކަންކުރަން މަސައްކަތް ކުރައްވާނެކަމުގައެވެ. ރައީސްގެ ވާހަކާގައި އެބޭފުޅާގެ ވަޢުދާއެއްގޮތަށް މިއަހަރު (ވެރިކަމުގެ ފުރަތަމަ އަހަރު) ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ އެޔަޤީންކަން ދެއްވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ – ރައީސް
17 - ޖެނުއަރީ - 2023
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އައިކެއަރ ހޮސްޕިޓަލުން އިހަވަންދޫގައި ޚާއްސަ އައިކޭމްޕެއް ބާއްވަނީ
3 - ޖުލައި - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
200 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އަދިވެސް ޓެންޑަރ ކޮށްފައިވަނީ 100 ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް!
20 - ފެބްރުއަރީ - 2025
އާމިނާދިޔޯ ސިއްޙީމަރުކަޒަށް 1 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި
13 - ފެބްރުއަރީ - 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ!
31 - އޮކްޓޯބަރު - 2024
ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް މިސްކިތެއްގެ ބަދަލުގައި އިސްލާމިކް ސެންޓަރެއްއަޅަނީ
27 - ފެބްރުއަރީ - 2024
ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން
29 - އޮކްޓޯބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް