- – އައިޝަތު ޝިފާނާ (މިކަންނިންމާނަން)
- – ފާތިމަތު ރަޝީދާ (މިކަންނިންމާނަން)
- – އާއިޝަތު އަޒުހާރާ (މިކަންނިންމާނަން)
- – އާއިޝަތު ރައޫފާ (ޖެހީނެގީ)
- – ތޯހިރާ މުހައްމަދު (ޖެހީނެގީ)
- – ނާޒިމާ އަބުދުލްވާހިދު (މިކަންނިންމާނަން)
ހަތަރުވަނަ ސަނީ ކަޕްގެ ޗެމްޕިއަންކަން، މިކަންނިންމާނަން ޓީމުން ހޯދައިފި
ހަތަރުވަނަ ސަނީ ކަޕްގެ ޗެމްޕިއަންކަން މިކަންނިންމާނަން ޓީމުން ހޯދައިފިއެވެ. އެޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި ޖެހީނެގީ ޓީމް ސީދާ 3 ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ފުރަތަމަ މަސައްކަތްކުރީ މިމަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް ވިއްސާރަވުމުން ކުޅުން ކުރިޔަށް ނުގެންދެވިގެން ވަކި ހިސާބަކުން އެމެޗް ނިންމާލައި އަލުން ފައިނަލް މެޗް މިރޭ ކުޅުނީއެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިކަން ނިންމާނަން ޓީމްގެ އައިޝަތު ޝިފާނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޖެހީނެގީ ޓީމްގެ މުހައްމަދު އަގީލް ހޮވިފައިވާއިރު، 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމްގެ ސަމާހާއެވެ. މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ:



