މަސްގަންނަ ފެކްޓަރީ އަޅަން ފިޝަރީސް މިނިސްޓްރީއަށް ބިން ރަޖިސްޓްރީކޮށްދޭން އިހަވަންދޫ ކައުންސިލުން ދެކޮޅުހަދައިފި
ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ މަސްވެރިން ބާނާ މަސް ގަތުމުގައިހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އިހަވަންދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މަސްގަނަ ފެކްޓަރީ އިމާރާތްކުރާނެ ބިމެއް ހަމަޖެއްސުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން އިހަވަންދޫ ކައުންސިލްގައި އެދުނުގޮތަށް ބިން ހަމަޖައްސަން އިހަވަންދޫ ކައުންސިލުން އިންކާރުކޮށްފިއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއޮތް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާގައިވަނީ މަސްގަންނަ ފެކްޓަރީ އިމާރާތްކުރުމަށް 1 ހެކްޓަރުގެ ބިން ފިޝަރީޝް މިނިސްޓްރީއަށް ހިލޭ ދޫކުރުމަށް ނިންމާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލްގެ ބައްދަލުވުމުން އެގޮތަށް ނިންމާފައި ވީނަމަވެސް، ކައުންސިލުން ފިޝަރީސް މިނިސްޓްރީގެ ބަދަލުގައި އެބިން ރަޖިސްޓްރީ ކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ ނަމުގައެވެ. ފިޝަރީސް މިނިސްޓްރީން މިމަހުގެ 4 ވަނަ ދުވަހުވަނީ ކައުންސިލުން އެކަން ކޮށްފައިވާގޮތް މުރާޖާއަކޮށްދިނުމަށް އެދިފައެވެ.
ސަބަބެއްކަމަށް ބުނެފައިވަނީ އިހަވަންދޫގައި ޤާއިމްކުރާ ފެކްޓްރީއަކީ އަންދާޒާ ކުރެވޭގޮތުގައި 150 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޕްރޮޖެކްޓަކަށްވެފައި، އެފަދަ ބޮޑު އިންވެސްޓްމެންޓެއްގެ އަމަލީ މަސައްކަތް ފަށާއިރު އެކަމަށް ހަމަޖައްސާ ބިމަކީ ދާއިމީ ގޮތެއްގައި އެކަމަށް ކަނޑައަޅާފައިވާ ބިމެއްކަމަށް ކަށަވަރުކުރުމަކީ މުހިއްމުކަމެއްކަމަށް ދެކޭކަމުގައެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ޤާއިމްކުރާއިރު "ވާނުވާ ނޭގޭ" ބިމެއްގައި އެފަދަ ބޮޑު ހޭދައެއްކޮށްގެން އިންވެސްޓްމެންޓެއް ޤާއިމްކުރުމަކީ އެކަމުގައި އެކިގޮތްގޮތުން ރިސްކް ބޮޑު ކަމެއްކަމުގައި ދެކޭކަމަށްވެސް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. ފިޝަރީސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިފްކޯގެ ފެސިލިޓީތަކުން މިހާރުވެސް މަސްގަންނަމުންދަނީ މަސްވެރިންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަމުގައެވެ. ފިޝަރީސް މިނިސްޓްރީން އެދިފައިވަނީ އެމިނިސްޓްރީގެ ނަމުގައި އެބިން ރަޖިސްޓްރީކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުއޮތް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 101 ވަނަ އާމުޖަލްސާއަށް އެމައްސަލަވަނީ އެޖެންޑާކޮށް ގޮތެއް ނިންމާފައެވެ. ކައުންސިލުން ނިންމީ، މަސްގަންނަ ފެކްޓްރީ އެޅުމަށް ފިޝަރީސް މިނިސްޓްރީއިން އެދިފައިވާ އެއް ހެކްޓަރުގެ ބިން ކައުންސިލްގެ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އެއްބަސްވުމެއްގެ ދަށުން ބިން ދޫކުރުމަށެވެ. ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް ހުށަހެޅުއްވި މިހުށަހެޅުން ފާސްކުރުމަށް ވޯޓްދެއްވީ، ނައިބު ރައީސްގެ އިތުރުން، ކައުންސިލަރު ރިޟްވާން، ޝަނީޒާ އަދި ސުމާއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެރޭ އިހަވަންދޫ ކައުންސިލުން އާންމުކުރި ވީޑިއޯއެއްގެ ޒަރިއްޔާއިން، ސަރުކާރުގެ ބޭނުމަށް ބިން ދޫކުރުމުގައި، އިހަވަންދޫ ކައުންސިލުންގެންގުޅޭ ސްޓޭންޑްވަނީ ހާމަކޮށްފައެވެ. ކައުންސިލުން ބިންތައް (މިނިސްޓްރީތަކަށް) ދޫކުރާނީ، އެބިންތައް ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު، އެބިންތައް ބޭނުންކުރުމަށް (މިނިސްޓްރީ ތަކާއިއެކު) ހެދޭ އެއްބަސްވުމެއްގެ ދަށުންކަމަށް ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް އެވީޑިއޯގައި ވިދާޅުވިއެވެ.
އިހަވަންދޫގައި ޤާއިމްކުރާ މަސްގަންނަ ފެކްޓަރީ ގައި 1000 ޓަނުގެ ސްޓޯރޭޖަކާއި 100 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ހިމެނޭކަމަށް ފިޝަރީސް މިނިސްޓްރީއިން މައުލޫމާތުދެއެވެ. ފިޝަރީސް މިނިސްޓްރީއިން މައުލޫމާތުދޭގޮތުގައި އެފްކްޓްރީ ޤާއިމްކުރަނީ ސްޓޭޓް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) މެދެވެރިކޮށެވެ. އެމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ފެކްޓްރީ އަދި ބަނދަރުގެ ކޮންސެޕްޓް ޑިޒައިނާއި މަސައްކަތުގެ ޕްލޭން އެކުލަވާލައި އަމަލީ މަސައްކަތް ފެށުމަށް މިހާރު އެސް.ޓޯ.އޯއިން ވަނީ ތައްޔާރުވެފައި ކަމަށް ފިޝަރީސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް ގާއިމު ކުރަން ސަރުކާރުން ނިންމާފައި ވަނީ، އުތުރުގެ ސަރަހައްދުގެ މަސްވެރިން ބާނާ މަސް ގަތުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ފިޝަރީސް މިނިސްޓްރީއިންބުނެއެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ
ފިޝް ކަލެކްޝަން ފެސިލިޓީ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް އިމާރާތްކުރުމަށް ބިމެއް ހޯދަނީ
14 - ޑިސެމްބަރު - 2022
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް އަންނައަހަރު ފެށޭނެ – ރައީސް
28 - ސެޕްޓެމްބަރު - 2022
"ޔެލޯ ޓްރެޕްސް" ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރަން ހުޅުވާލައިފި
9 - މާރިޗު - 2022
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް