ޚަބަރު

ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫ ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފިއެވެ. ހިޔާލު ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ ގޫގަލް ފޯމެއް ޒަރިއްޔާއިންނެވެ. ރޭ އިހަވަންދޫ ކައުންސިލް އިދާރާގައި ކުރިޔަށްގެންދިޔަ ރައްޔިތު ބައްދަލުވުމުގައި، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ ލޭންޑް ޔޫސް ޕްލޭންއަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަން އިއުލާންކުރައްވާފައެވެ. ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ކުރި މަސައްކަތަށް އެންމެ ފުރިހަމަ އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވަމުން ސޮބާހްވަނީ، ޕްލޭން ފައިނަލް ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެންމެ ފުރިހަމަޔަށް ދެއްވުމަށް އެދިލައްވާފައެވެ. އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ 14 ގައެވެ. މިމަސައްކަތަށް ކައުންސިލުން 159000ރ ހަރަދުކުރެއެވެ.
މުޙައްމަދު އަކުރަމް