އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ހަދަން ރިޔަން އާ ހަވާލުކޮށްފި
އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ، 159000ރ އަށް 45 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާ ގޮތަށެވެ.
ރިޔަން އަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮންސަލްޓެންސީ ކުންފުންޏެވެ. 1997 ވަނަ އަހަރު އުފެއްދި އެކުންފުނިން އަންނަނީ ކޮންސަލްޓެންސީ ނުވަތަ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލަފާދިނުމުގެ އިތުރުން ތަފާތު އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރަމުންނެވެ.
ނަމަވެސް ރިޔަން އަށް ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ލަސްވުމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެއެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުންވެސް ރިޔަންއާ ހަވާލުކުރި އެސިޓީގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތް ނުނިންމައި ގިނަ ދުވަސްވަމުން ދާތީ، އެންމެ ފަހުން އެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ އަށް ކުރަން ވަނީ ނިންމާފައެވެ. "ރިޔަން" ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)ގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމަން ކައުންސިލްތަކަށް އެންމެ ފަހުގެ ތަރީހެއްގެ ގޮތުގައި އެލްޖީއޭ އިން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 އެވެ. އެކަމަކު އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ގިނަ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ނުނިމެވެ.
ގިނަ ރަށްރަށުގައި ލޭންޑް ޔޫސް ޕްލޭން ނުނިމި އޮތީ، އެ މަސައްކަތް ކުރާނެ ބަޔަކު ނުލިބުމާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނިންމުން ލަސްވަމުން ދާތީ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލުން، މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރަނީ…
19 - ފެބްރުއަރީ - 2025
ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި
15 - މޭ - 2023
ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ބައްދަލުވުމެއް ބާއްވަނީ
10 - މޭ - 2023
ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
1 - މޭ - 2023
ދައުރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ ލޭންޑުޔޫސް ޕުލޭން ނިންމާލުމަށް އައު ކައުންސިލުން އަމާޒު ހިފައިފި
1 - ޖޫން - 2021
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް