ސްކޫލުންދޭ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގެދަރިވަރުންނަށް މިހާރު ސްކޫލްގައި ފޯނު ބޭނުންކުރެވޭނެ
ސްކޫލުންދޭ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލް ގަޑީގައި މޯބައިލް ފޯން ބޭނުންކުރެވޭގޮތަށް “ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދު” ނެރެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިމަހުގެ 28 ގައި ނެރެފައިވާ މި ޤަވާއިދުގެ ބޭނުމަކީ ހުރިހާ ދަރިވަރުން އަމަލު ކުރާނެ އެއް މިންގަނޑެއް އޮތުމެވެ. އެގޮތުން ސްކޫލްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން އަމަލުކުރާނެ ގަވާއިދެއް އޮތުމާއި، ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަން ކުރާނެ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމަށް އެ ޤަވާއިދުގައިވެއެވެ. މިފަދަ ޤަވާއިދެއް އެކުލަވައިލުމަކީ ތަޢުލީމުގެ ޤާނޫނުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް މަތިކޮށްފައިވާ ކަމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށް، ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދަށް ޢަމަލުކުރަން އަންގާފައެވެ. މި ގަވާއިދާ އެއްގޮތަށް ސްކޫލްތަކުގެ މުވައްޒަފުންނާ، ދަރިވަރުންނާ އަދި ބެލެނިވެރިންވެސް ޢަމަލުކޮށް އެޤަވާއިދު ތަންފީޒްކުރަންޖެހެއެވެ.
މި ގަވާއިދުގައި ވަނީ ސްކޫލް ދަރިވަރުންގެ އަޚުލާގީ މިންގަނޑު ހުންނަންޖެހޭ ގޮތްތަކާއި، ސްކޫލަށް ހާޒިރުވުމާއި ދަރިވަރުންގެ ޔުނިފޯމް ކޯޑުގައި ހުންނަންޖެހޭ މިންގަނޑު ކަނޑައަޅާފައެވެ. އަދި ސްކޫލާއި، ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމުގައި ޢަމަލު ކުރާނެ ގޮތް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލުން ބޭރުގައި ހިނގާ ފިލްމު، ތަމްސީލް، އިޝްތިހާރު ނުވަތަ މީޑިއާގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވަނީ ބުނެފައެވެ. އެ ގަވައިދުވާ ގޮތުން ތަޢުލީމުގެ ބޭނުމަށް ހިންގޭ ތަމްރީންތައް ފިޔަވާ، 16 އަހަރުން ދަށުގެ ކުދިން އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މީގެއިތުރުން ސްކޫލް ދަރިވަރުން ކުރުން މަނާ ކަންތައްތައް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބެލެނިވެރިއެއްގެ ހުއްދައާއި ނުލާ ރޭގަނޑު 10:00ގެ ފަހުން ސްކޫލް ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފައިވާއިރު އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންވެސްވަނީ ދަރިވަރުންނަށް މަނާކޮށްފައެވެ.
މިޤަވާއިދާ ޚިލާފުވާ ދަރިވަރުންނާ މެދު "ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ" އާއި އެއްގޮތަށް ޢަމަލު ކުރަންޖެހެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އުލިގަމު ސްކޫލްގެ މަލްޓި-ޕާޕަސް ހޯލާއި ސްޓާފް ރޫމްގެ މަސައްކަތް އާރުޑީސީއަށް
5 - ފެބްރުއަރީ - 2026
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ
30 - އޮކްޓޯބަރު - 2024
ޝުޖާޢު، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރައްވައިފި
15 - ފެބްރުއަރީ - 2024
ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ
8 - އޮގަސްޓު - 2023
ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި
7 - އޮގަސްޓު - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އިހަވަންދޫ ސުކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްތައް ނިމުމަކާ ގާތަށް
25 - އޭޕްރީލް - 2023
އަންނަ އަހަރު އިހަވަންދޫގައި 2 މަޝްރޫޢުއެއް އަލަށް ފަށަނީ
31 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް