ޚަބަރު

އިހަވަންދޫ ސުކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްތައް ނިމުމަކާ ގާތަށް

ނުނިމި ދިގުލައިގެން ދިޔަ ހއ. އިހަވަންދޫ ސުކޫލް، މަލްޓިޕާޕޯސް ހޯލުގެމަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެއެވެ. ހޯލް އިމާރާތްކުރާ ސައިޓުން ވާހަކަ ދެއްކެވި ފަރާތުން ބުނީ އެތަނުގައި ކުރާނެ އިތުރު މަސައްކަތެއް މިވަގުތު ނެތްކަމަށާއި ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް. އަދި މިޔަދު މި، ކުރިއަށްދަނީ ފޮޅާ ސާފުކުރުމުގެ ކަންކަން ކަމަށެވެ. މިމަސައްކަތަކީ 2019 ވަނަ އަހަރު އެޑިޔުކޭޝަން މިނިސްޓްރީން އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ކުރިމަތިވި ދަތިތަކާއި އެކު އެކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވެ، މަސައްކަތް ހުއްޓާލުމުން ސަރުކާރުން، ރައްޔިތުންގެ ކުންފުނި، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތެކެވެ. މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް 240 ދުވަހުން ނިންމުމަށް، 23 އޮގަސްޓް 2022 ގައި މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ވަނީ ހަވާލުކޮށްފައެވެ. އެކުން ފުންޏާ މަސައްކަތް ހަވާލުކުރީ 7.7 މިލިއަން ރުފިޔާއަށެވެ. އިހަވަންދޫ ސްކޫލްގައި ހަދާފައިވަނީ 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.
މުޙައްމަދު އަކުރަމް