ސަރަހައްދީ އެންމެ އަގުބޮޑު ވޮލީ މުބާރާތް ޕޯލްސްޓާން ބާއްވަނީ
ހއ،ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، މިސަރަހައްދުގައި، އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ އަގުބޮޑު ވޮލީ މުބާރާތް މިއަހަރުގެ ޖުލައި މަހު ބާއްވާނެކަމަށް ކްލަބް ޕޯލްސްޓާއިން އިޢުލާން ކޮށްފިއެވެ. މިމުބާރާތް އިއުލާންކުރީ އިހަވަންކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކްލަބް ޕޯލްސްޓަރގެ އަންހެނުންގެ ރޫހުގެ އެޑްވައިޒަރ މަރިޔަމް ޝިފާޒާއެވެ.
ޝިފާޒާ ފާހަގަ ކުރެއްވި ގޮތުގައި އެމުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ލިބިގެންދާނެ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ، އެމުބާރާތް އެއީ މިސަރަހައްދުގައި ބޭއްވޭ އެންމެ އަގުބޮޑު މިފަދަ މުބާރާތަށް ވުން ކަމުގައެވެ.
ކްލަބް ޕޯލްސްޓަރ އިން ބޭއްވުމަށް މަސައްކަތްކުރަނީ މިސަރަހައްދުގައި ބާއްވާ އެންމެ އަގުބޮޑު ވޮލީ މުބަރާތްނަމަވެސް، އަދި އެމުބާރާތުގެ އަގެއް އެކުލަބަކުން ހާމައެއް ނުކުރެއެވެ. ކްލަޕް ޕޯލްސްޓާއަކީ މިސަރަހައްދުގައި އެންމެ އަގުބޮޑެތި މުބާރާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެވެ. އެގޮތުން މިހާރުވެސް އެކްލަބުން އަންނަނީ އިހަވަން ކަޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަމުންނެވެ. އެމުބާރާތުގެ ޗެމްޕިއަނުންނަށް 50000ރ އަދި ދެވަނަ ޓީމަށް 25000ރ ގެ ފައިސާގެ އިނާމެއް ދެއެވެ. 13 އަހަރުވަންދެން މެދުކެނޑުމެއްނެތި ކުރިޔަށް ގެންދިޔަ މައިކަޕް ފުޓްބޯޅަ މުބާރާތް ވަކި ހިސާބަކުން ހިންގާފައިވަނީވެސް ކްލަބް ޕޯލް ސްޓާރ އިންނެވެ. އެމުބާރާތުގެ އެންމެ ފަހު މުބާރާތް 2019 ވަނަ އަހަރު ކުޅުނުއިރު ޗެމްޕިއަން ޓީމަށް 75000ރ އަދި އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުވަނީދީފައެވެ. ކްލަބް ޕޯލްސްޓަރ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 29 ޖުލައި 1999 ގައެވެ.
ހޯރަފުށީ ކައުންސިލުންވެސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފިރިހެނުންނަށް ހާއްސަ ވޮލީ މުބާރާތެއް ބާއްވަން އިއުލާންކޮށްފައެވެ. އެމުބާރާތުގެ ޗެމްޕިއަން ޓީމަށް 35000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް ޕާރޓްނަރަކަށް ބާބަކިޔުހަޓް
5 - ޖުލައި - 2023
ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި
4 - ޖުލައި - 2023
ޕޯލްސްޓަރ ވާދެމުމުގެ މުބާރާތް ފަށައިފި
29 - ޖޫން - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ
14 - ޖޫން - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް