ޕޯލްސްޓަރ ވާދެމުމުގެ މުބާރާތް ފަށައިފި
އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދާ ވާދެމުމުގެ މުބާރާތް ފަށައިފިއެވެ. ދެލި އޮންލައިން ވާދެމުމުގެ މުބާރާތް 1444ގެ ނަމުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ޖުމްލަ 8 ޓީމެއް ވާދަކުރެއެވެ. އެއީ ފިރިހެނުންގެ ބައިގައި ވާދަކުރާ 5 ޓީމަކާއި އަންހެނުންގެ ބައިގައި ވާދަކުރާ 3 ޓީމެކެވެ.
މިމުބާރާތުގެ ފިރިހެނުންގެ ބައިގައި ވާދަކުރާ ޓީމްތަކަކީ ކުޅިމަގު، ކުލަބު އިރަމާ، ގަބީލާ، ކޮއިމަލާ އަދި ލަކި އެވެ. އަންހެނުންގެ ބައިގައި ހިފާހިފާ، ކުލަބު އިރަމާ އަދި ދަމާދަމާ ވާދަކުރާއިރު މިމުބާރާތުގެ ފައިނަލް އޮންނާނީ ޖުލައި 03 ވާ ހޯމަ ދުވަހުގެ ރެއެވެ.
އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގައި ރޭ ތިން މެޗެއް ކުރިޔަށް ދިޔައެވެ. އަންހުނުންގެ ބައިގައި ހިފާހިފާ އަދި ކުލަބު އިރަމާ ބައްދަލުކުރި މެޗް ސީދާ ދެ ދެމުމުން ކާމިޔާބުކުރީ އިރަމާ ޓީމެވެ. ފިރިހެނުންގެ ބައިގައި ދެ މެޗް ކުރިޔަށް ދިޔައެވެ. ކުޅިމަގު އަދި އިރަމާ ބައްދަލުކުރި މެޗް 2 ސެޓުން ކާމިޔާބުކުރީ އިރަމާ ޓީމެވެ. ފަހު މެޗްގައި ކޮއިމަލާ އަދި ގަބީލާ ބައްދަކުރި 1 ދެމުން 2 ދެމުމުން ކާމިޔާބުކުރީ ކޮއިމަލާއެވެ.
މިމުބާރާތުގައި މިރޭ 3 މެޗް އޮންނާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަންހެނުންގެ ބައިގައި ވާދަކުރާ އިރަމާ އަދި ދަމާދަމާއެވެ. އެއަށްފަހު ފިރިހެނުންގެ ބައިގައި ވާދަކުރާ ކޮއިމަލާ އަދި ކުޅިމަގު ބައްދަލުކުރާއިރު ފަހުމެޗްގައި ބައްދަލުކުރާނީ އިރަމާ އަދި ލަކިއެވެ.
މިމުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް 7000ރ ގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 3000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި އަންހެނުންގެ ބައިގެ ޗެމްޕިއަން ޓީމަށް 3000ރ އަދި ދެވަނަ ޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް ޕާރޓްނަރަކަށް ބާބަކިޔުހަޓް
5 - ޖުލައި - 2023
ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި
4 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ
14 - ޖޫން - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
ކުލަބު ޕޯލްސްޓަރގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އަޒާ ހޯދައިފި
21 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް