ފަތިސްނަމާދުގެ ފަހުން ފަތިސްނަމާދުގެ އިހު ސުންނަތް ކުރެވިދާނެތޯ؟
އައްޝައިޚު މުޙައްމަދު ޝާފިޢު
3 - އޮކްޓޯބަރު - 2024
ލަހުން ހޭލެވުމުގެ ސަބަބުން ނުވަތަ ކަމެއް ދިމާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ޢުޛުރަކާލައިގެން ފަތިސްނަމާދުގެ ޖަމާޢަތް ފެށުމުގެ ކުރީން ފަތިސް ނަމާދުގެ އިހުސުންނަތް ނުކުރެވުނުމީހާ، ފަހެ އޭނާއަށް ފަތިސް ނަމާދުގެ ފަހުން އެ އިހުސުންނަތް ކުރުން އެއީ ހުއްދަކަމެކެވެ. ނުވަތަ އޭނާ ބޭނުންނަމަ އިރު އަރަންދެން މަޑުކޮށް، އިރު އެރުމަށްފަހު އެދެރަކްޢަތް ކުރެވިދާނެއެވެ. އޭނާއަށް މި ދެގޮތްވެސް ހުއްދަވެގެންވެއެވެ.
ފުރަތަމަ ގޮތަކީ ފަތިސްނަމާދުގެ ފަހުން އިރު އެރުމުގެ ކުރީން ނަހީވަގުތުގައި އިހު ސުންނަތުގެ ދެ ރަކްޢަތްކޮށްލުމެވެ. އޭގެ ދަލީލަކީ
عَنْ قَيْسِ بْنِ عَمْرٍو، قَالَ: رَأَى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلًا يُصَلِّي بَعْدَ صلاة الصبح رَكْعَتَيْنِ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: صَلَاةُ الصُّبْحِ رَكْعَتَانِ، فَقَالَ الرَّجُلُ: إِنِّي لَمْ أَكُنْ صَلَّيْتُ الرَّكْعَتَيْنِ اللَّتَيْنِ قَبْلَهُمَا، فَصَلَّيْتُهُمَا الْآنَ. فَسَكَتَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. روى أبو داود (1267) وصححه الألباني في “صحيح أبي داود”.
ޤައިސް ބުން ޢަމްރޫ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޤައިސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ފަތިސް ނަމާދުގެ ފަހުގައި މީހަކު ދެރަކްޢަތް ކުރަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ފަތިސްނަމާދުގައި ވަނީ ދެ ރަކްޢަތެވެ.” އެމީހާ ބުންޏެވެ. “ހަމަކަށަވަރުން އަހަރެން ފަތިސްނަމާދުގެ އިހުސުންނަތް އަދި ނުކުރަމެވެ. ދެންމެ މި ކުރީ އެދެރަކްޢަތެވެ.” ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވިއެވެ.
މި ޙަދީޘުން ދަލާލަތުކުރައްވައި، ޝާފިޢިންނާއި ޙަނާބިލާއިން، ފަތިސްނަމާދުގެ ފަހުގައިވެސް ފަތިސްނަމާދުގެ އިހުސުންނަތް ކުރުމަކީ ހުއްދަކަމެއްކަމަށް ދެކިލައްވައެވެ.
ދެވަނަ ގޮތަކީ އިރު އެރުމުގެ ފަހުން ފަތިސްނަމާދުގެ އިހުސުންނަތް ކުރުމެވެ. އޭގެ ދަލީލަކީ
عن أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: ( أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ نَامَ عَنْ رَكْعَتَيِ الْفَجْرِ، فَقَضَاهُمَا بَعْدَ مَا طَلَعَتِ الشَّمْسُ ) رواه ابن ماجه (1155)، والطحاوي نحوه، وقال عقبه: هذا الحديث أحسن إسنادا
އަބޫ ހުރައިރާ ރަޟިޔަ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުލެއްޕެވުމުގެ ސަބަބުން ފަތިސް ނަމާދުގެ އިހު ސުންނަތް ނުކުރެއްވުނެވެ. ފަހެ، އިރު އެރި ފަހުން އެކަލޭގެފާނު އިހުސުންނަތުގެ ދެރަކްޢަތް ޤަޟާކުރެއްވިއެވެ.”
އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “މުސްލިމަކަށް ފަތިސް ނަމާދުގެ ކުރިން ފަތިސް ނަމާދުގެ އިހު ސުންނަތް އަދާނުކުރެވިއްޖެނަމަ، އޭނާއަށް މިދެގޮތުންކުރެ ގޮތަކުން އެ ސުންނަތް އަދާކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެއީ ފަތިސްނަމާދުގެ ފަހުގައި އެސުންނަތްކުރުން ނުވަތަ އިރު ރަނގަޅަށް އެރުމަށްފަހުގައި އެސުންނަތްކުރުމެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން މިދެގޮތްވެސް ޘާބިތުވެގެންވެއެވެ. އެކަމަކު، މީގައި މޮޅުއިތުރުވެގެންވަނީ އިރު ރަނގަޅަށް އަރަންދެން މަޑުކުރުމެވެ. އެހެނީ އެކަމަށް އެކަލޭގެފާނު އަމުރުކުރައްވާފައިވާތީއެވެ. ފަހެ ފަތިސްނަމާދުގެ ފަހުގައި އިހުސުންނަތް ކުރުން ދަންނައެވެ، އެކަން ޘާބިތުވެގެންވަނީ އެކަން ކުރި ޞަޙާބީގެ ޢަމަލުފުޅާމެދު އެކަލޭގެފާނު އިޤްރާރުވެވަޑައިގަތުމުންނެވެ.” “فتاوى إسلامية” (1/523) .
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
ހެލްޕްލައިންތަކުގެ އިތުބާރު ނަގާލައިފި! މިއީ މިނިސްޓަރު އިހުސާން އިސްތިއުފާ ދޭންޖެހޭވަރުގެ ކަމެއް!
23 - އޭޕްރީލް - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
ޕްރީ ސްކޫލްގެ ބިންގާ އެޅިތާ 12 އަހަރު ފަހުން، އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ހިންގަން 35 އަހަރަށް ދީފި!
14 - ސެޕްޓެމްބަރު - 2025
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރަންފެށިފަހުން 105 ކާޑް ޕްރިންޓްކޮށްފި
3 - ޖޫން - 2025
ވެމްކޯގެ އޮފީސް އިހަވަންދޫގައި ގާއިމްކުރިތާ އަހަރެއްފަހުން، 23 މުވައްޒަފުން ހޯދަނީ!
16 - އޭޕްރީލް - 2025
ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރިފަހުން ޕޭޖަށް ބޮޑު ކުރިއެރުމެއް، ހެކަރު އާއްމުކުރާ ވީޑިއޯތަކަށް މިލިއަނެއްހާ ވިއުސް
24 - އޭޕްރީލް - 2024
އިހަވަންދޫ ރައްޔިތުންގެ އިހުސާސުން މިންވަރެއް
18 - ޖުލައި - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް