ދިޔޯ ކޮލަމް: ކައުންސިލުގެ މިސްރާބު ބަދަލުކުރަން ޖެހޭ
މުޙައްމަދު އަކުރަމް
16 - މޭ - 2023
މިދިޔަ ދުވަސްތަކުގައި އިވުނު އެއް ޚަބަރަކީ އިހަވަންދޫ ކައުންސިލުން ކުޑަކުދިންގެ ޕާކުގައި ކޭފޭއެއް ހަދައިދޭނޭ ފަރާތެއް ހޯދުމަށް އެއްފަހަރަށްވުރެ ގިނަފަހަރު އިއުލާން ކުރިވާހަކައެވެ. ކެފޭ، ރެސްޓޯރަންޓްގެ ޚިދުމަތަކީ އިހަވަންދޫގައި މިވަގުތު ކިރިޔަކިރިޔާ ބަނގުރޫޓު ނުވެ އޮތް ވިޔަފާރިއެކެވެ. ހިދުމަތް ލިބިގަންނަން ތިބި ފަރާތްތަކަށްވުރެ ހިދުމަތް ދިނުމަށް ނިކުމެ ތިބި ފަރާތްތަށް ގިނަވެ، ބައެއްތަންތަނުން ނުއަގުގައި ބައެއް ހިދުމަތްތައް ދެމުންދާއިރު، މިވަގުތުވެސް ބައެއް ތަންތަނުގެ ހިދުމަތް ހުއްޓާލަން ޖެހިފައިވާ ވިޔަފާރިއެކެވެ. ކުޑަކުދިން ގެ ޕާކު އޮތް އަތިރިމަތީގައި ދެކޮޅުގައި ގެ ދެހޮޓާ ހިންގަމުންދާ އިރު، އެތަނުގެ މެދުގައި، ކައުންސިލުން ކެފޭއެއް ހިންގާން އުޅޭ ބޭނުމަކާއި، މެދުވެސް ސުވާލު އުފެދެއެވެ.
ދެން އިވުނު އަނެއް ވާހަކައަކީ އާ،ހޮސްޕިޓަލް އަޅާން ދިން ބިމުން ބައެއް މަދުކޮށް އެސަރަހައްދުގެ ވިޔަފާރިތަކަށް ބިން ހުސްކުރި ވާހަކައެވެ. ހަސްފަތާލެއްގެ ވަށައިގެން ސިނާއީ މަސައްކަތްތަކެއް ހިންގަފާނޭ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން އެތަނުގައިވެސް ކުރާން އޮންނާނޭހައިވެސް ވިޔަފާރިއަކީ ބޭސްފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްގެ ވިޔަފާރިއާއި އާއްމު ބޭނުންތަކަށް ހާއްސަކުރެވޭ ފިހާރަތަކުގެ ވިޔަފާރިއެވެ. މިހުރިހާ ވިޔަފާރިއެއް ކައުންސިލުން ހިންގާން ވެއްޖެނަމަ ނުވަތަ އެވިޔަފާރިތަކުގެ ބިމުކުއްޔަކީ ހަމަ އެކަނި ކައުންސިލަށް ވަންނާނޭ އެއްޗަކަށް ހަދައިފިނަމަ ހުރަސް އެ،އެޅެނީ އާންމު ރައްޔިތުންގެ ކުރިއެރުމަށެވެ. ހޮސްޕިޓަލް ފަދަ ތަންތަނުގެ ވަށައިގެން ވާ ގެތަކުގެ ބިމުކުލީގެ ވިޔަފާރި އަކީ އާންމު ރައްޔިތުމީހާއަށް އެންމެ ފަސޭހައިން ވިޔަފާރީގެ ނަފާއެއް ހޯދެން އޮތް މަގެވެ. އެމަގު ބަންދުވާނޭ ގޮތަށް ކައުންސިލުގެ އަމަލުތަށް ހުރެގެން ނުވާނެއެވެ.
ރައްޔިތުންގެ އާންމު ފިޔަފާރިތަކާއި ތަކާއި ދިމާއަށް ކައުންސިލުގެ މިސްރާބު ހުރި ހުރުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ރައްޔިތުންންނަށް އެކަމުގެ ގެއްލުން ނުހަނު ބޮޑު ކަމެކެވެ. މިކަމަކީ ކައުންސިލުން އެޔާއި ދޭތެރޭ ވިސްނާ މިހާރުއްސުރެ ކައުންސިލުގެ މިސްރާބު ބަދަލު ނުކޮށްފިނަމަ އާއްމު ރައްޔިތުންގެ ވިޔަފާރިތަށް ބަނގުރޫޓު ވެ، އެރައްޔިތުން ނިކަމެތިވާނޭ ކަމެކެވެ.
ކައުންސިލުން ވިޔަފާރިތަކަށް ވަންނާން ވާނީ އެވިޔަފާރިތަކާއި މެދު ރައްޔިތުންގެ ސަމާލުކަން ނެތް އަދި ފަރުދީ ހައިސިއްޔަތުން ރައްޔިތުންނަށް ކުރެވެން ނެތް ވިޔަފާރިތަކަށެވެ. އަދި ހަމަ އެހެންމެ އެފަދަ ވިޔަފާރިއަކުން ފޯރުކޮށްދެނީ އަސާސީ ހިދުމަތަކަށް ވެފައި އެހިދުމަތުގެ އަގުހުރީ އާންމުންނަށް އެކަށީގެންވާ ވަރަށްވުރެ ބޮޑުއަގެއްގައި ކަމަށް ވެފައި، ކައުންސިލުން އެހިދުމަތް ދީގެން ހިދުމަތުގެ އަގު ތިރިކުރެވޭނޭ ނަމައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
ރައްޔިތުންގެ އެތައް ހާސް ރުފިޔާއަށް އަޅާލުމެއް ނެތި ވީރާނާވާން ދޫކޮށްލެވިފައި
11 - އޭޕްރީލް - 2023
ދިޔޯ ކޮލަމް: މިސްކިތްތަށް ބޭނުންކުރުމުގައި މިހާރަށްވުރެ ފަސޭހަވާން ޖެހެއެވެ.
29 - ނޮވެމްބަރު - 2022
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް