މެދު އުމުރުގެ އަންހެނަކަށް އަލާއުއްދީންގެ ބައްތި ލިބިއްޖެއެވެ. ބަލާކަށްނުހުރެ އޭނާ އޭގައި އަތްކާއްތަން ފެށިއެވެ. ފުލޯކު ވާހަކަތަކުގައި ވާގޮތަށް ބޮޑު ދުންގަނޑެއް އެރުމާއިއެކު ފާޅުވީ ބޮޑު ޖިންނިއެކެވެ.
ޖިންނި: ކަމަނާ އަޅުގަނޑަކީ ކަމަނާގެ ހާދިމަކީން.. ކޮންކަމެއްތޯ ބޭނުންވެ ލައްވަނީ؟
އަންހެން މީހާ: - އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާ ގެ ލޮލުން ހަމައެކަނި އަހަންނަށް ބެލުމަށް - އަހަރެން ބޭނުންވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔަކީ ހަމައެކަނި އަހަންނަށް ވުމަށް - އަހަރެން ބޭނުންވަނީ އޭނަ އަބަދުވެސް އަހަރެން ކާރީއޮވެ ނިދަން - އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާއަށް ހޭލެވުމާއި އެކު އެންމެފުރަތަމަވެސް އަރެން ހޭލައްވާލުމަށް. އަދި އޭނަ ދާހާތަނަކަށް އަހަރެން ގޮވާގެން ދިއުމަށް
ޖިންނި ކުޑައިރުކޮޅަކު ވިސްނާލަން މަޑުކޮށްލުމަށްފަހު އަންހެން މީހާއާއި ދިމާލަށް ފުމެލިއެވެ. ވަގުތުން އަންހެންމީހާ ބަދަލުވީ ސްމާރޓް ފޯނަކަށެވެ!



