އިހަވަންދޫ ހޮސްޕިޓަލް ޕްރޮޖެކްޓަކީ ސަރުކާރުތަކުން އިހަވަންދޫގެ ރައްޔިތުންނަށް ދައްކަމުން އަންނަ ދަޅައެއް ކަމަށް އިހަވަންދޫގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. 2019 ވަނަ އަހަރު ބިންގާއެޅި ހޮސްޕިޓަލްގެ މަސައްކަތް އަދިވެސް ކުރިޔަކަށްނުދެއެވެ. ކުރިން ބެލެވުނީ ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްނުދަނީ އެމަސައްކަތްކުރާނެ ކުންފުންޏެއް ނުވެގެން ކަމުގައެވެ. އެތައްފަހަރަކު އެމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށް، ދެ ކުންފުންޏަކާ އެމަސައްކަތް ހަވާލުވެސް ކޮށްފިއެވެ. ނަމަވެސް އެމަސައްކަތް ކުރިޔަށްނުދިޔުމަކީ ރައްޔިތުންނަށް ވަރަށްބޮޑު މާޔޫސްކަމެއް ލިބޭ ކަމެކެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވާ، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ހޮސްޕިޓަލް ސައިޓް ކޮންނަން ފަށައިފިއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި އެމަސައްކަތް ހަވާލުކޮށްފައި އޮތްއިރު ސައިޓް ސާފަކުރުމާއި ސައިޓް ކޮނުމުގެ މަސައްކަތް އެކުންފުނިން އޮތީ ނިންމާލައިފައެވެ. ނަމަވެސް ފަހުން ބަޔަކުވަނީ ކޮނެފައިވާ ސަރަހައްދަށް ވެލި އަޅައި ފޮރުވާލާފައެވެ.
މަސައްކަތް ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައި، ދެ ތަނބެއްގެ ބުޑު އެޅިގޮތަށް މަސައްކަތް ހުރީ ހުއްޓިފައެވެ.
އިހަވަންދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދުވަނީ ހޮސްޕިޓަލްގެ ދެ ތަނބެއްގެ ބުޑު އެޅުމުގެ މަސައްކަތް ކޮށްފައެވެ.
އިހަވަންދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ބިން ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ އިހަވަންދޫ ކައުންސިލް އިދާރާގައެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި، ހެލްތް މިނިސްޓްރީއިން ބުނީ އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފްތާ ތެރޭގައި ފަށޭނެކަމަށް ލަފާކުރެވޭކަމުގައެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި އޮތް ޖަލްސާގައެވެ.
ހެލްތް މިނިސްޓްރީއިން ވިދާޅުވީ، އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކޮށްފައިވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް، ބީއެމްއެލްގެ ފައިނޭންސް ހަމަނުޖެހުމާ ގުޅިގެން އެކަން އެމިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމިއްލަ ފައިނޭންސްގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެ މިނިސްޓްރީއަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުން މުރާޖަޢާކުރުމުގެ މަސައްކަތް އެ މިނިސްޓްރީއިން ކުރިއަށްގެންދާ ކަމަށް މަޢުލޫމާތު ދެއްވިއެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން، ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހުއްޓާލައި މަސައްކަތްކުރުމަށް ގެނެސްފައިވާ ތަކެތި ވިއްކާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، ހޮސްޕިޓަލްގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ހުއްޓާލައިފާވަނީ، ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެމަސައްކަތް ހުއްޓައިލުމަށް އަންގާފައިވާތީއެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވާ އެރުވުން އޮންނާނީ އިހަވަންދޫ ހިއްކި ބިމުގައި މިރޭ 20:15 ގައެވެ.
ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކޮށް ރުއްގަސް ކެނޑުމުގެ މަސައްކަތް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ.
އިހަވަންދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ބިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ.
އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ 16 ޖެނުއަރީ 2023 ގައި ހަވާލުކުރިއެވެ. ޑުޕްލެކްސް އާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކަރ ފައިނޭސްގެ އުސޫލުން، 123.3 މިލިޔަން ރުފިޔާގެ އަގަކަށް، 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.
ހއ. އިހަވަންދޫއަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަންތައް ކަމަށްވާ ހޮސްޕިޓަލުގެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ވެލިދޫއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ފިނޭންސް މިނިސްޓްރީގެ ނަންބަރު (IUL)13-K/13/2022/38 (26 ޖަނަވަރީ 2022) އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް ބާތިލްކޮށް އަލުން ބީލަމަށް ހުޅިވާލައިފިއެވެ. ކުރީގެ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބާތިލްކުރި ސަބަބެއް އެމިނިސްޓްރީން ހާމައެއްނުކުރެއެވެ.
އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ބީލަމަށް ލައިފިއެވެ. މިނިސްޓްރީ އޮފް ފިނޭންސްން މިއަދު ވަނީ ރާއްޖޭގެ ތިން ރަށެއްގައި މުޅިން އަލަށް ހޮސްޕިޓަލް އެޅުމަށް އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ލައިފައެވެ. ސަރުކާރުން އަލަށް ހޮސްޕިޓަލް އަޅަން ނިންމާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރެވެ.
އިހަވަންދިއްޕޮޅު ހޮސްޕިޓަލްގެ ޓެންޑަރ އެވެލުއޭޝަން އަންނަހަފުތާގައި އޮންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އިހަވަންދޫގެ އާމިނާދިޔޯ ސިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރިއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އަޅަންޖެހޭ އިމާރާތް އެޅުމަށްޓަކައި އެމަރުކަޒުގެ ބިމަށް އިތުރުކުރެވުނު ބިމުގައިހުރި ރުއްގަހުގެ ވެރިން ސާފުކުރުމަށް އިހަވަންދޫ ކައުންސިލުން އިއުލާންކުރިއެވެ.
އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ކުރާ މަސައްކަތް ދަމާހަލާފަ އެހެން ދިމާއަކަށް ގެންދެވޭނެ ދުވަހެއް ނާންނާނެކަމަށް ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވިއެވެ. އެބޭފުޅާ އެހެން ވިދާޅުވީ އިހަވަންދޫ ސްކޫލްގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅު ގައެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ ބިންގާ އަޅުއްވާފައިވަނީ 31 މާރޗް 2019 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ، އިބުރާހިމް މުޙައްމަދު ސޯލިހްއެވެ. އާމިނާދިޔޯ ސިއްހީމަރުކަޒު ހަސްފަތާލަކަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިހަވަންދޫއަށް ވެލައްވާފައިވާ ވަޢުދެކެވެ. އަދި 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސް އައިޕީގެ ދަށުން ސިއްހީމަރުކަޒު ހަސްފަތާލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ހިމަނާފައިވެއެވެ.