މަލްޓި ޕަރޕަސް ހޯލް ހެދުމަށް އެސްކޮން އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި
އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ. މިއެއްބަސްވުން އުވައިލީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. އެއީ ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށް މައުލޫމާތު ލިބެއެވެ.
2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެސްކޮން ބިލްޑަރސްއާއި ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެސްކޮންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު ހޯލްއިމާރާތުގެ ކޮންކްރީޓްގެ މަސައްކަތާއި ރޭނުމުގެ ބޮޑުބަޔެއްވަނީ ނިމިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެޑިޔުކޭޝަން މިނިސްޓްރީއިން ދަނީ މިހާރު އިމާރާތް ހުރިގޮތުގެ އެސެސްމެންޓެއްހަދައި އިމާރާތް ނިންމުމަށް އައުބަޔަކާއި ހަވާލުކުރުމަށް ޓެންޑާކުރުމަށް ކުރަންޖެހޭ މަސައްކަތްކުރަމުންނެވެ.
އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޔަންގް ފިޝަރސް ކްލަބަށް ބެޖް ހަވާލުކޮށްފި
2 - މާރިޗު - 2024
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް އަފާ އަދި ޝައިހާ ހޯދައިފި
24 - ފެބްރުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އަލީ ސްޒެއިންގެ "އޭ ޕާސް" ސިސްޓަމަށް އީޖާދީ އިނާމު
28 - މޭ - 2023
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އުނައިޝް އާއި ސިޔާދު ހޯދައިފި
27 - މޭ - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި
22 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް