ރެކްރިއޭޝަނަލް ކަނދުފަތި ހއ. މޮޅަދޫ ބޭރުގައި އަޅައިފި
ރާއްޖޭގެ ފުރަތަމަ ރެކްރިއޭޝަނަލް ކަނދުފަތި ހއ. މޮޅަދޫ އިރުމަތީ ބިތުގައި މިއަދު އަޅައިފިއެވެ.
ހއ. މޮޅަދޫގެ އިރުމަތީ ބިތުން 3 މޭލު ބޭރުގައި މިއަދު ހެނދުނު އެޅި މި ކަނދުފައްޗަކީ ރާއްޖޭގައި ސްޕޯރޓްސް ފިޝިންގ އަށާއި ވަދުމަސްވެރިކަމަށް ހާއްސަކޮށްގެން އެޅި ފުރަތަމަ ކަނދުފައްޗެވެ.
ކަނދުފަތި އެޅުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާޙު އަދި ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ. މި ކަނދުފަތި އެޅި ވަގުތު އެ ދޯނީގައި ހުންނަވައިގެން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިއީ ވަދާ ދިއުމަށާއި، ކުދި ދޯނި، ޑިންގީ ތަކުގަ މަސްވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދާދިނުމަށްޓަކައި އަޅާ ބޮއެއް ކަމަށެވެ. އަތޮޅުތަކުގެ ފުށޮޅުގައި އަޅާ ވަދުމަސްވެރިކަމުގެ ބޮއި ތަކުގެ ބޭނުމަކީ ރަށްރަށުގެ ކައިރީ ވަދުމަސްވެރިކަން ކުރުމުގެ ފުރުސަތު ހޯދާދިނުންކަމަށް ފާހަގަ ކުރައްވާ މިބޮއިތަކުގެ ސަބަބުން ފަރުމަސްވެރިން ކުރާ ފަރާތްތަކަށް ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ކަނދުފަތިތައް ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އަތޮޅުތަކުގެ މީހުންނާ ވާހަކަދައްކައިގެން ކަނދުފަތިތައް އަޅާނެ ސަރަހައްދުތައް ފާހަގަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ފައިސާގެ ތަނަވަސްކުރި މިންވަރަކުން ވީހާވެސް ގިނަ ކަނދުފަތު އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި އާންމުކޮށް އަޅާ ކަނދުފަތިތައް އަޅަނީ އަތޮޅު ދުނިން ފެށިގެން 12 މޭލާއި 16 މޭލާ ދެމެދުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ރާއްޖޭގެ ފުރަތަމަ ރެކްރިއޭޝަނަލް ކަނދުފަތި ހއ. މޮޅަދޫ ބޭރުގައި އަޅަނީ
3 - ނޮވެމްބަރު - 2021
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
ނޯއާ ދޯނިން މަހަށް ގޮސްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!
24 - ޖެނުއަރީ - 2025
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ޒުވާނުން މަސްވެރިކަމަށް ނެރުމަށް އިބްރާހިމް ރަޝީދު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފި
11 - ޑިސެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް