ޚަބަރު

ސީ.ޕީ.އެސް އިފްތާރ ދަޅުބަރި ފަށައިގެން ކުރިއަށްގެންދަނީ

ރޯދަވެރިއަކަށް ރޯދަވިއްލުމެއް ދޭން ބޭނުންވެފައިވާ ފަރާތްތަކަށް އެކަމަށް ފަސޭހަ މަގެއް ހޯދައިދިނުމަށާއި އާންމު ޢިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ މަޤުޞަދުގައި ކުލަބު ޕޯލްސްޓަރ އިން "ސީޕީއެސް އިފްތާރ ދަޅުބަރި" ޕްރޮގްރާމް ފަށައިފިއެވެ. މި ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާ މިޕްރޮގްރާމުގެ ތެރެއިން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ 3 ގެޔަކަށް ސީޕީއެސް އިފްތާރ ދަޅުބަރި ހަދިޔާކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުލަބު ޕޯލްސްޓަރއިން މަޢުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމަށް ދަޅުބަރި ތައްޔާރުކުރައްވަން ބޭނުންފުޅުވާ އެންމެހައި ފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވައިލެވިފައެވެ. އެގޮތުން އެކަމަށް ހާއްސަކޮށްފައިވާ ގޫގްލް ފޯމަކުން ދަޅުބަރި ތައްޔާރުކުރުމަށް ރެޖިސްޓަރ ކުރެވޭއިރު ދަޅުބަރި ތައްޔާރު ކުރާފަރާތް ސިއްރުކުރެވޭނެ ކަމަށް އެކުލަބުން ހާމަކުރެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ތައްޔާރު ކޮށްދޭންޖެހެނީ އެއް ދަޅުބަރިއެވެ. އަދި ދެ ދަޅުބަރި ތައްޔާރުކުރަން ބޭނުންފުޅުވާނަމަ ދެވަނަ ފަހަރު ފޯމު ފުރަންޖެހެއެވެ. ދެ ދަޅުބަރިއަށްވުރެއް އިތުރަށް ދަޅުބަރި ތައްޔާރުކުރަން ބޭނުންވެލައްވާނަމަ 7907031 އަށް ގުޅައިގެން ކުރިއަށްގެންދިއުމަށް ކުލަބު ޕޯލްސްޓަރއިން އެދިލައްވާފައިވާއިރު، ދަޅުބަރި ތައްޔާރުކުރަންޖެހޭ ދުވަސް ބައިވެރިންނަށް ދުރާލައި އަންގާނެކަމަށް ޕޯލްސްޓަރއިން ބުނެއެވެ. ޕޯލްސްޓަރއިން ހާމަކުރާގޮތުގައި މި ޕްރޮގްރާމަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މި ޕްރޮގްރާމަށް ދަޅުބަރި ތައްޔާރުކޮށްދިނުމަށް ބޭނުންވާ ފަރާތްތައް ފުރިހަމަކުރަންޖެހޭ ގޫގްލް ފޯމު ތިރީގައި އެވަނީއެވެ. ފޯމު
އިބްރާހިމް ނަޝީދު