ޚަބަރު

"ފުއްޓަރު އުފާ" ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫގައި "ފުއްޓަރު އުފާ" ނަމުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ.

މި މަޝްރޫޢަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރަށުގެ އިސް ވެރިންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނެއެވެ. މެޑަމް ސާޖިދާ މުޙައްމަދު، ވަނީ މިދަތުރުފުޅުގައި އިހަވަންދޫ އާމިނާދިޔޯ މަރުކަޒުގައި އަލަށް ފަށާ ޑައިލިސިސް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. 

މުޙައްމަދު އަކުރަމް