ޚަބަރު

އަމްޖަދު އަމިއްލަގޮތުން ކުރިމަތިލަނީ!

ހއ އިހަވަންދޫ އެސްމާގޭ، މޫސާ އަމްޖަދު ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލް މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރަން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި އަމްޖަދު މިހާރު ދަނީ އަމިއްލަގޮތުން ކުރިމަތި ލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ފުރިހަމަކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަމްޖަދު މިހާރުދަނީ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބފައިވާ 50 މީހުންގެ ސޮއެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަމްޖަދުވަނީ ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީގެ އިންތިހާބުގައި 2020 ވަނަ އަހަރު ވާދަކޮށް އިންތިހާބުވެފައެވެ. ދުވަސްކޮޅެއް ވަންދެން އެކޮމިޓީގެ ރައީސްގެ މަޤާމްވެސް އަމްޖަދު ފުރިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުންވަނީ އެމަޤާމުން އިސްތިއުފާ ދީފައެވެ. އިހަވަންދޫ ކައުންސިލްގެ 5 ގޮނޑިއަށް، 16 އަށްވުރެ ގިނަ މީހުން ކުރިމަތިލާނެކަން މިހާރުވަނީ އިއުލާން ކޮށްފައެވެ. އަދި އަންހެނުން ކޮމިޓީއަށްވެސް މަދުވެގެން 10 މީހަކު ކުރިމަތިލާނެކަމަށް ބެލެވޭއިރު، މިއީ އިހަވަންދޫގައި ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ފަހަރަށް ވެގެންދާނެއެވެ.
މުޙައްމަދު އަކުރަމް