ޚަބަރު

އިހަވަންދޫ ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

އިހަވަންދޫ ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަނީ
Advertisement Advertisement
ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އިހަވަންދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލާފައިވަނީ އިއްޔެއެވެ. މިޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮގަސްޓު 22 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. ކައުންސިލުން މިޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވައިލީ، ޕްލޭން ދައްކުވައިދޭ 1 މިނެޓާއި 34 ސިކުންތުގެ ވީޑިއޯއެއް ހިއްސާކުރުމަށް ފަހުއެވެ. ހިޔާލު ހުށަހެޅުމަށް ކައުންސިލުންވަނީ ގޫގަލް ފޯމެއް ތައްޔާރު ކޮށްފައެވެ. ހިޔާލު ހުށަހަޅާ ފޯމް. އިހަވަންދޫ ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމުގެ މި ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާއިރު، މި ސަރަހައްދުގައި އޮޕަން ސްޓޭޖް އެޅުމާ ގުޅޭގޮތުން އަދިވެސް ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. މީގެ އިތުރުން އިހަވަންދޫ ބަނދަރު ސަރަހައްދުގައި ހުރި ޒަމާންވީ ރުއްތައް ކަނޑައިލުމުގެ ސަބަބުން އެސަރަހައްދު މިހާރު އޮތީ ވަރަށްބޮޑަށް ފަޅަށެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް