ޚަބަރު

ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދަން ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށްފި

އިހަވަންދޫ ބަނދަރުގައި މަސްކަނޑާ 02 ހަޓްހަދަން ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށްފައިވަނީ އިއްޔަ އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ، އެމަސައްކަތް ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށް ފައިވަނީ 93 ދުވަސްތެރޭ ނިންމާގޮތަށް 581040 (ފަސްލައްކަ އަށްޑިހަ އެއްހާސް ސާޅީސް) ރުފިޔާއަށެވެ. މިމަސައްކަތް ފެނައާރު އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވާއިރު އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ނުނިމިހުރި މަސައްކަތް ކުރުމަށްވެސް ފެނައާރު އިންވެސްޓްމަންޓާއި ހަވާލުކޮށްގެން އެމަސައްކަތް ކުރަމުން އެބަދެއެވެ. މީގެއިތުރުން ކައުންސިލްގެ ބަޖެޓުން ކުރިޔަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ބާލާއިރު، އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅުމަށް ހަޒް އިންވެސްޓްމަންޓާއި ވަނީ ހަވާލުކޮށްފައެވެ.
މުޙައްމަދު އަކުރަމް