ޑިފެންޑިންގ ޗެމްޕިއަން ބޮޑުމަގު އަދި ރަނަރަފް އެންވީކޭ ފުރަތަމަ މެޗުން މޮޅުވެއްޖެ!
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ އިހަވަން ފުޓްސަލް ޗެލެންޖް ފަށައިފިއެވެ. ޖުމުލަ 8 ޓީމެއް ވާދަކުރާ މިމުބާރާތް ފަށާފައިވަނީ ރެއެވެ.
ހިންނަ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރީ މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ރަނަރަޕް އެންވީކޭ އަދި ސެންސިޓީއެވެ. އެމެޗް ފަސޭހަ ކަމާއިއެކު 8-0 އިން ކާމިޔާބުކުރީ އެންވީކޭއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ މާއިސް އެވެ. މުބާރާތުގެ ދެވަނަ މެޗްގައި ވާދަކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުން ބޮޑުމަގު މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބޮޑުމަގު ޓީމްގެ އަޔާޒްއެވެ.
މިއަދު މިމުބާރާތުގެ 3 މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިއަދު ހަވީރު ބޮޓަފޮގޯ ނުކުންނާނީ ފަސްގަނޑާއި ދެކޮޅަށެވެ. ދެވަނަ މެޗްގައި ކުޅިމަގު އަދި ބޮޑު މަގު ބައްދަލުކުރާއިރު ފަހުމެޗްގައި ޔުނިއިޓެޑް ޔޫތް ނުކުންނާނީ މިސްކިއްމަގާ ދެކޮޅަށެވެ.
އިހަވަން ފުޓްސަލް ޗެލެންޖަކީ، ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައި ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ރިބްރޭންޑްކޮށް މިއަހަރު ބާއްވާ މުބާރާތެކެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، އިހަވަން ފުޓްސަލް ޗެލެންޖަށް ރިބްރޭންޑް ކޮށްފައިވާއިރު، ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، މިމުބާރާތް ހއ އަތޮޅަށް ހާއްސަ ކޮށްފައިވުމެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް، ކުރިން އާމާޒް ކޮށްފައި އޮންނަނީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ.
އިހަވަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 30،000ރ އަދި ރަނަރަޕް ޓީމަށް 7،000ރ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ ބޮޑުމަގު، ޔުނައިޓެޑް ޔޫތް، ކުޅިމަގު، މިސްކިއްމަގު، އެންވީކޭ، ސެންސިޓީ، ފަސްގަނޑު އަދި ބޮޓަފޮގޯ އެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2023 ގައި 10 ޓީމެއް ބައިވެރިވެފައިވާއިރު އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ޔުނައިޓެޑް ޔޫތެވެ. އެންމެފަހުން ބޭއްވި ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި 9 ޓީމެއް ބައިވެރިވިއިރު ޗެމްޕިއަން ޓީމަކީ އެފްސީ ބޮޑުމަގެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: އެންވީކޭ ސެމީފައިނަލަށް!
28 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
އިހަވަން ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި!
15 - ޖޫން - 2025
އިހަވަން ފުޓްސަލް ޗެލެންޖް ޖުލައި މަހު ބާއްވަނީ..
15 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް