ކޮފަލި ރީ-ބްރޭންޑް ކޮށްފި!
2015 ވަނަ އަހަރުގެ މައި-ކަޕް ފުޓްބޯޅަ މުބާރާތާއެކު އުފެދުނު 'ކޮފަލި' ގެ ނަން 'މިސްކިތްމަގު ސްޕޯޓްސް ކުލަބް' އަށް ބަދަލުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކޮފަލި ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ބަދަލާއެކު، އެ ޓީމުގެ ހިންގުން ވަރުގަދަގެންދާނެ ކަމަށް އެ ޓީމުގެ މެނޭޖްމަންޓުން މަޢުލޫމާތުދެއެވެ.
"މިއީ އެއް ޓީމެއް. ނަމަވެސް އައު ފެށުމެއް. 10 އަހަރު މާޒީވެ އެ ދިޔައީ. ޕްލޭން ކުރެއްވިއްޖެ. ޕިކްޗަރ ކުރުހާލާފިން. މި ބަދަލާއެކު މި ޓީމު ދެން ފެނިގެންދާނީ އެކްޓިވް ޓީމެއްގެ ގޮތުގަ. ފުރަތަމަ އަމާޒަކީ މި މަހުގެ 20 ވަނަ ދުވަހު މާލެ ސިޓީގައި ބޭއްވިގެންދާ 'އައި ކުލަބް ވަން ޑޭ ކަޕް'. އިހަވަންދޫގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު އެ މުބާރާތުން މިސްކިތްމަގު ފެނިގެންދާނެ" ޓީމުގެ އިސް އޮފިޝަލެއް ކަމުގައިވާ ރީހާން ބުންޏެވެ.
ކޮފަލި އުފެދިންގެން އައިސްފައިވަނީ ކުރީގެ ނިކަ ސަރަހައްދުންނެވެ. ނިކަ ޓީމު ފަނޑުވި ވަގުތު އެ ސަރަހައްދުގައި ނަގައި ކިޔަން ފެށީ ކޮފަލިއެވެ. ފާއިތުވި ދިހަ އަހަރު ތެރޭ ރަށުގައި ހިންގުނު އެކި އެކި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ކޮފަލި ފާހަގަވެގެން ގޮސްފައިވަނީ ރަށުގައި ހިންގޭ އެކި އެކި އިޖުތިމަޢީ ހަރަކާތްތަކުގައި ބައިވެރިވެ، ހަރަކާތްތައް ހިންގާ ބަދަހި ޓީމެއްގެ ގޮތުގައެވެ.
މިސްކިތްމަގަކީ، ކޮފަލި ނިސްބަތްވި މަގަށްވުރެ 'ނިކަ' ސަރަހައްދާ މާ ކައިރީގައި އޮންނަ މަގެކެވެ. މިސްކިތްމަގު މައިޒާނަކީ އެ ސަރަހައްދީ ރަމްޒެވެ. ހަގީގީ ނިކަ އުފެދުނީ އެ މަގުންނެވެ. މިސްކިތްމަގު ނަން ދެވުނީ ކީއްވެގެންތޯ ސުވާ ކުރުމުން ރީހާން ބުނެފައިވަނީ، "އެއީ އަހަރުމެގެ ސަރަހައްދު. އަހަރުން ނިސްބަތްވަނީ އެ ތަނަށް. ކުޅިވަރުގެ ތެރެއަށް އަހަރުމެނަށް އާދެވުނީ އެ މަގުގަ، އެ ރުއްގަނޑު ތެރޭ ކުޅެގެން. އަދިވެސް އަހަރުމެން ކުދިންގެ ފައިތިލާގަ އެ ރުކު މޫތަކުގެ ނިޝާންތައް ފެންނަން އެބަހުރި. ލޯގޯ އިން ރަމްޒުކޮށްދެނީ އަހަރުމެންގެ ފެށުން. އަހަރުމެންގެ ގުޅުންތެރިކަން".
ގުޅުން ހުރެދާނެ ލިޔުން
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
25 - ނޮވެމްބަރު - 2023
ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން
24 - ނޮވެމްބަރު - 2023
"އެއްކަލަ ކޮފަލި" އަނެއްކާވެސް މައިކަޕަށް!
20 - ޖެނުއަރީ - 2020
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކުއްލި ގޮތަކަށް 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ މާރަންދޫ ކައުންސިލުން ކުއްވެރިކޮށްފި!
29 - އޮގަސްޓު - 2026
ރިކްޒާންގެ ތާރީޚީ 'ސައްޕަކުން' ކޮމްބިނޭޝަން ބަލިކޮށް، 5 ވަނަ ފަހަރަށް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް ޕޮލިސް ކާމިޔާބުކޮށްފި!
18 - ޖުލައި - 2026
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ސީޒަން 7 ގެ ފައިނަލަށް ޝަހާމާ ދަތުރުކޮށްފި! ވޯޓްދެވޭނީ އަންނަ މަހުގެ 5 އާއި ހަމަޔަށް!
27 - ޖޫން - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް