ދިއްދޫ އަތުންބަލިވެ، ބާކީ އެއްމެޗް އޮށްވާ އިހަވަންދޫ ކަޓައިފި
ގޯލްޑެން ފުޓްސަލް ޗެލެންޖު 2025 ގައި، އިހަވަންދޫ ފުޓްސެލް ޓީމް ކުޅުނު ތިންވަނަ މެޗްގައި، ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ކަޓައިފިއެވެ. މިރޭގެ މެޗުން އިހަވަންދޫ ބަލިވީ 6-1 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދިއްދޫ ޓީމްގެ ހުސައިން ޝިފާންއެވެ. އޭނާވަނީ މިމެޗްގައި 2 ގޯލް ޖަހައިފައެވެ.
މިމުބާރާތުގައި އިހަވަންދޫ މިހާތަނަށްވަނީ 3 މެޗް ކުޅެފައެވެ. އޭގެތެރެއިން ދެ މެޗުން ބަލިވެފައިވާއިރު 1 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ހއ އަތޮޅު ބުރުގެ މެޗްތައް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ހިމެނެނީ ގްރޫޕް ބީ ގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ، ދިއްދޫ، ވަށަފަރު އަދި އުތީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ހޯރަފުށި، ބާރަށް، ކެލާ، މާރަންދޫ އަދި ފިއްލަދޫއެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމް ކުޅޭނީސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
އިހަވަންދޫ ޓީމަށް އަދި ބާކީ އެއް މެޗް އެބައޮތެވެ. އެމެޗްގައި އިހަވަންދޫ ޓީމް މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 17:00 ގައި ކުޅޭނީ ވަށަފަރާއި ދެކޮޅަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އުތީމާއި އެއްވަރުވެ، އިހަވަންދޫ ޓީމަށް އިތުރު ގޮންޖެހުމެއް!
15 - ޖެނުއަރީ - 2025
މުރައިދޫ އަތްދަށުވެ އިހަވަންދޫއަށް އުނދަގޫ ފެށުމެއް!
11 - ޖެނުއަރީ - 2025
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ހއ އަތޮޅުން 12 ރަށެއް ބައިވެރިވެއްޖެ
16 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
8 - ފެބްރުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް