ޚަބަރު

ރަސްތަރި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...

އިހަވަންދޫ ކައުންސިލުން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ މަހުގެ 5 އިން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޯވޭނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ. މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 10،000 ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެ ވަނައަށް 7000ރ އަދި ތިންވަނައަށް 5000ރ ގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. ރަސްތަރި މުބާރާތް ފުރަތަމަ ބޭއްވީ 2022 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔައީ "އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ނަމުގައި  ހއ އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެންނެވެ. އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ބައިވެރިވިއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް.
މުޙައްމަދު އަކުރަމް