އެންވީކޭ ސެމީފައިނަލުން ޖާގަ ހޯދައިފި
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ކުރިޔަށްގެންދާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރި ދެވަނަ ޓީމަށް އެންވީކޭ ވެއްޖެއެވެ.
އެންވީކޭއިން މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރީ، އެޓީމުން މިމުބާރާތުގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 1 މެޗުން އެއްވަރުކޮށް 10 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމުން މިމުބާރާތުގައި މިހާތަނަށްވަނީ 31 ގޯލް ޖަހާފައެވެ. އެންވީކޭ އަށް ސެމީ ފައިނަލުން ޖާގަ ކަށަވަރުވިނަމަވެސް، އެޓީމަށް ގްރޫޕުންލިބޭ ވަނަ ކަށަވަރުވާނީ މިރޭ ސެންސިޓީއާ ބޮޑުމަގު ބައްދަލުކުރާ މެޗަށްފަހުއެވެ. ބޮޑުމަގަށް ގްރޫޕްގެ އެއްވަނަ ލިބޭނީ މިރޭގެ މެޗުން 19 ގޯލަށްވުރެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
މިއީ މިމުބާރާތުގެ ސެމީ ފައިނަލަށް އެންވީކޭ ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް އެޓީމަށް ނިންމާލަންޖެހުނީ ގްރޫޕް ސްޓޭޖާއި ހަމައިންނެވެ.
މިހާތަނަށް މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުވެފައިވަނީ ދެ ޓީމަކަށެވެ. އެއީ ޓީމް ނައިވާދޫ އަދި އެންވީކޭއެވެ. ސެމީ ފައިނަލަށް ދަތުރުކުރާ އަނެއް ދެ ޓީމް ކަށަވަރުވާނީ މިރޭގެ މެޗްތަކަށްފަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
"އިންޝާ ﷲ، އެންވީކޭއަށް މިކަން ވާނެ" : މެނޭޖަރު އަލީ
18 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން
11 - މޭ - 2024
މިފަހަރުގެ އަމާޒަކީ ތަށިން ތައްޓައް - އެންވީކޭގެ މެނޭޖަރު އަލީ
8 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް