ޚަބަރު

ސުޢާދު، އެންވަޔަރަނަމަންޓް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކޮށްފި

ހއ. އިހަވަންދޫ ދޭލިޔާގޭ، ޢަލީ ސުޢާދު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ، ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް ސުޢާދު އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. 23 އަހަރުގެ ސުޢާދަކީ އިހަވަންދޫ ޓީމެއް ކަމަށްވާ ކްލަބް އިރަމާގެ އެއް ކޯފައުންޑަރެވެ.
.