ކައުންސިލުން ޒަމާނީ ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް ހަދަން ނިންމައިފި
އިހަވަންދޫ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ޒަމާނީ އައުޓްޑޯރ ވޮލީ ކޯޓަކާއި އައު ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 138 ވަނަ އާއްމު ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ޒަމާނީ އައުޓްޑޯރ ވޮލީ ކޯޓް އަޅަން ނިންމާފައިވަނީ ހުރަވީ ދަނޑުގައި އިޖްތިމާއީ މަރުކަޒުގެ އިރުމައްޗަށް އޮތް ހުސްބިމުގައެވެ. އެއީ އިޖްތިމާއީ މަރުކަޒާއި ފުޓްސަލް ދަނޑާއި ދެމެދު އޮތް ބިމެވެ. މިހާރު އިޖްތިމާއީ މަރުކަޒް ހުރި ބިމަށް އަރާގޮތަށް، ކުރީ ކައުންސިލުން ވޮލީ ކޯޓެއް ތަރައްޤީ ކުރިއެވެ. ނަމަވެސް އިޖްތިމާއީ މަރުކަޒް ބިނާކުރުމަށް އެކޯޓް ނެގީއެވެ.
ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން އައު ފުޓްސަލް ދަނޑު އެޅުމަށް ނިންމާފައިވަނީ، ކުރިން ޔޫތް ސެންޓަރު އެޅުމަށް އެލޮކޭޓް ކޮށްފައިވާ ބިމުގައެވެ. އެބިމުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރަން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިންވެސް މަސައްކަތްކުރިއެވެ. ނަމަވެސް އިމަގު ޖަމިއްޔާއަށް އެމަސައްކަތް ކުރެވޭ ގޮތް ނުވުމުން، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 130 ވަނަ ޖަލްސާ ގައި ފާސްކޮގެންވަނީ އެބިން އިމަގު ޖަމިއްޔާއަތުން ނަގާފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، ފުޓްސަލް ދަނޑާއި ވޮލީ ކޯޓް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް މިމަސް ނިމުމުގެކުރިން ހުޅުވައިލަން މަސައްކަތްކުރަމުން ދާކަމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް