ޚަބަރު

"އެކީ ގުޅިގެން" އަޒުހާންއަށް އެހީވުމަށް ހިންގުނު ހަރަކާތަށް 1 ލައްކައަށްވުރެ ގިނަ ރުފިޔާ

"އެކީ ގުޅިގެން" ގެ ނަމުގައި، ހުސައިން އަޒްހާނަށް އެހީވުމަށް އިހަވަންދޫގެ މުވައްސަސާތަކާއި، ކުންފުނިތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތަށް އެއް ލަށްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމުކުރި ތަފްސީލްތަކުގައި ވާގޮތުން އެހަރާކާތަށް 107725.60ރ އަދި 14 ޔޫއެސް ޑޮލަރު އަދި 2 ރުޕީސް ލިބިފައިވެއެވެ. އެހަރަކާތުން އެއްކުރެވުނު ފައިސާ މިއަދުވަނީ އަޒުހާންގެ އާއިލާޔާ ހަވާލުކޮށްފައެވެ. އެފައިސާ އަޒުހާންގެ އާއިލާޔާ ހަވާލުކުރީ މިއަދު މެންދުރުފަހު އިހަވަންދޫ ކައުންސިލް އިދާރާގައިބޭއްވި ރަސްމިއްޔާތެއްގައެވެ.
.