ކުޅިވަރު

ޗާލީ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް: ފުރަތަމަ މެޗުގައި ފެނަކައާއި ކައުންސިލް

ކުލަބު ޕޯލްސްޓަރއިން މި ހަފްތާ ބަންދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗާލީ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް 2017"ގެ ގުރު ލައިފިއެވެ. ޖުލައި 13، ބުރާސްފަތި ދުވަހު ހަވީރު މުބާރާތް ފަށާނީ ފެނަކަ އިހަވަންދޫ ބްރާންޗް އަދި އިހަވަންދޫ ކައުންސިލް އިދާރާގެ މެޗުންނެވެ. ޖުމްލަ ފަސް ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅެ އެންމެ މޮޅު ހަތަރު ޓީމު ސެމީ ފައިނަލްގައި ބައްދަލުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 15، ހޮނިހިރު ދުވަހުގެ ހަވީރު އެވެ. އަދި ސެމީން މޮޅުވާ ދުވަޓީމު އެދުވަހުގެ ރޭ ފައިނަލްގައި ބައްދަލުކުރާނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީގެ އިތުރުން 2000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައި ވެއެވެ. ޗާލީ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް 2017 ގައި ވާދަކުރާ ޓީމުތައް: އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ ޞިއްހީ މަރުކަޒް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ކައުންސިލް އިދާރާ އަދި އިހަވަންދޫ ސްކޫލެވެ.
ޢަބުދުﷲ ޙަމީދު