ހއ. އިހަވަންދޫގައި ތެލުގެ ވިޔަފާރި ކުރަމުންދާ އަރާވިލާ ތެޔޮ ބަނޑަހަ ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.
އަރާވިލާ ތެޔޮ ފިހާރާގެ ވެރިޔާ ހަސަން މުޙައްމަދު މައުލޫމާތު ދެއްވި ގޮތުގައި ތެޔޮ ބަނޑަހަ ފަޅާލައި އެތަނުން ވަނީ އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ވަގަށް ނަގާފައެވެ. ތެޔޮބަޑަހަ ތެރެއަށް ވަދެފައި ވަނީ އެތަނުގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.



