"ތިލަ އުތުރު ރަންތާޖު" ޤުރްއާން މުބާރާތުގެ އިހަވަންދޫ އޯޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށާއި، ހއ އަތޮޅުގެ ސްކޫލް މަދަރުސާތަކަށް ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ ހއ.އަތޮޅު "ރަންތާޖު" ޤުރްއާން މުބާރާތުގެ އިހަވަންދޫ އޯޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ ކައުންސިލް އިދާރާއިން ހުޅުވާލައިފިއެވެ.
މިކަމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، އެމުބާރާތުގެ އޯޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/WPazecD1HZpcdoiH8 މިފޯމް މިމަހުގެ 4 ވަނަ ދުވަހުގެ 23:00 ގެ ކުރިން ފުރިހަމަކުރަން ޖެހެއެވެ. ހއ އަތޮޅު ކައުންސިލުން ޢިއުލާންކޮށްފައިވާ ގޮތުގައި "ތިލައުތުރު ރަންތާޖު" ޤުރްއާން މުބާރާތް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމަޔަށެވެ.
ޤައުމީ މުބާރާތަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މިމުބާރާތުގައިކުރާ ޕާފޯމެންސަށް ބަލައިގެންނެވެ. އެގޮތުން ސްކޫލުކުދީންގެ ބައިން ޤައުމީ މުބާރާތަށް ހޮވޭ ދަރިވަރުންނަށާއި އާންމުންގެ ބައިން ޤައުމީ މުބާރާތަށް ހޮވޭ ފަރާތްތަކަށް ދެކޮޅު ޓިކެޓް ދިނުމަށް ހއ އަތޮޅު ކައުންސިލުންވަނީ ނިންމާފައެވެ. މުޅި މުބާރާތުގެ 1 ވަނަ ރަށަށް 10،000ރ، މުޅި މުބާރާތުގެ 2 ވަނަ ރަށަށް 7000ރ އަދި މުޅި މުބާރާތުގެ 3 ވަނަ ރަށަށް 5000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމުގެ މަސައްކަތްކުރުމަށާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖުވީދު މަގަށް ޤުރްއާން ކިޔެވުމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ހއ އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން މުމުބާރާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާ، ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރު އެޅުމާއި، ބައިނަލް އަޤްވާމީ މުބާރާތްތަކަށް ބޭނުންވާ ފެންވަރުގެ ދަރިން އުފެއްދުމެވެ.
ގުޅުން ހުރެދާނެ ލިޔުން
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވޭތޯ މަސައްކަތްކުރަނީ
11 - ޑިސެމްބަރު - 2024
މަސްރޭހުން އެއްވަނަ ހޯދީ މަސްވެރި އިހަވަންދޫ
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި މަސްރޭސް މިއަދު ބާއްވަނީ!
5 - ޖެނުއަރީ - 2024
މޫސުން ގޯސްވުމުގެ ސަބަބުން މަސްރޭހާއި ހަވީރުގެ ހަރަކާތްތައް ފަސްކޮށްފި
29 - ޑިސެމްބަރު - 2023
ކާއްޓޭ އަދި މަޓޭއާއި އެކު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކުރަނީ
28 - ޑިސެމްބަރު - 2023
މަސްރޭހުގައި 4 ރަށަކުން 13 ޓީމެއް ވާދަކުރަނީ
27 - ޑިސެމްބަރު - 2023
މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އިހަވަންދޫގައި ހަރަކާތްތަކެއް ހިންގަނީ
11 - ޑިސެމްބަރު - 2023
އިހަވަންދޫ ކައުންސިލް މޮނިޓަރ ކޮށްފި
20 - ނޮވެމްބަރު - 2023
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
ޤާނޫނުގައި ބުނާ މުއްދަތުގައި މަސައްކަތު ތާވަލާއި ބަޖެޓް ހުށަހަޅާފައިނުވާ ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް
14 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް