ހިދުމަތް ދެމުންނުދާކަމުގެ ކަންބޮޑުވުމާއިއެކުވެސް ތެޔޮވިއްކުމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކޮށްފި
އިހަވަންދޫއިން ތެޔޮވިއްކުމަށް ދޫކޮށްފައިވާ 2 ބިމުގެ މުއްދަތު އިތުރު ދެ އަހަރު ދުވަހަށް އިތުރުކޮށްފިއެވެ. ތެޔޮ ވިއްކުމަށް ދޫކޮށްފައިވާ ދެ ބިމުގެ މުއްދަތު އިތުރުކުރީ 25 ޖުލައި 2023 ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ އާންމު ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫއިން ތެޔޮވިއްކުމަށް ދޫކޮށްފައިވާ 2 ބިމުގެ މުއްދަތުހަމަވާތީ ދެބިމުގެ މުއްދަތު އިތުރުކުރުމަށްވެސް ވަނީ އެދިފައެވެ. ކައުންސިލްގެ ރިޔާސަތުގައި އިންނެވި އަޙްމަދު ޞަބާޙު، މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ރަށުގެ ލޭންޑް ޔޫސް ޕްލޭން ނިމި، އެޕްލޭނާއި އެއްގޮތަށް ތެޔޮވިއްކާ ބިންތައް ދޫކުރެވި ހިދުމަތް ފޯރުކޮށްދެވޭންދެން، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދޭން ޖެހޭކަމުގައެވެ. މިމައްސަލާގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ކައުންސިލް މެމްބަރު މުޙައްމަދު ޒާހިރު ހަސަން ފާހަގަކުރެއްވީ މިފަދަ ބިންތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުންކަމަށާއި ނަމަވެސް އެގޮތަށް އެހިދުމަތް ލިބެމުން ނުދާކަމުގައެވެ. އެތަންތަނުން ހިދުމަތް ފޯރުކޮށްދޭ ގަޑިތައް ވަރަށް ރަނގަޅަށް ފެންނަގޮތަށް ހުންނަންޖެހޭނެ ކަމަށް ފާހަގަކުރައްވާ ޒާހިރު ފާހަގަކުރެއްވީ ތޮޔޮއަޅަން ވެއްޖެނަމަ ޖެހެނީ އެފަރާތްތަކަށް އާދޭސްކޮށްގެން އެތަންތަން ހުޅުވަން ކަމުގައެވެ. އަދި ހަމައެހެންމެ އަތަންތަނުގައިހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް އެއިން އެއްވެސްތަނެއްގައި ނެތްކަމަށާ ތަނުގެ ސާފުތާހިރުކަން ކުޑަކަންވެސް ޒާހިރު ފާހަގަކުރެއްވިއެވެ. އެމައްސަލައިގެ ބަހުސްގައި ކައުންސިލަރު އަހްމަދު ރިޟްވާން ވަކާލާތުކުރެއްވީ ތެލުގެ ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ތަންތަނުގައި ތެލުގެ ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައްވެސް ކުރުމުގެ ހުއްދަ އޮންންއުސޫލާއި އެއްގޮތަށް އެގްރީމެންޓަށް ބަދަލުގެނައުމަށެވެ. ކައުންސިލަރު ފާތިމަތު ޝަނީޒާ ފާހަގަކުރެއްވީ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ތޮޔޮބިންތައް ދޫކުރުމަށް ގިނަދުވަސްތަކެއް ނަގާނެކަމަށާ އެހެންކަމުން 7 އަހަރަށް މުއްދަތު އިތުރުކުރުމަށް ފެންނަކަމުގައެވެ.
ތެޔޮވިއްކުމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކުރުމުގެ މައްސަލާގައި ކައުންސިލަރުންގެ އަޣުލަބިއްޔަތުން ނިންމީ އެތަންތަނުގެ މުއްދަތު 2 އަހަރު ދުވަހަށް އިތުރުކުރުމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް