ނައިވާދޫގެ ރީތިކުޅުން ސެމީ ފައިނަލުން ފެނިދާނެބާ؟
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޓީމް ނައިވާދޫ ނުކުންނާނީ ޓީމް ހަނިމާދޫއާ ދެކޮޅަށެވެ. މިއަދު ހަވީރު ކުޅެ މިމެޗްގެ ކުޅުން ފަށާނީ 16:00 ގައެވެ.
ޓީމް ނައިވާދޫ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ 8 ޕޮއިންޓާ ފައިދާ 6 ގޯލާއިއެކު، ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މަރުގެ ގުރޫޕްގެ ގޮތުގައި ފާހަގަކުރެވޭ ގްރޫޕް އޭ ގައި، ނައިވާދޫ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ނަމަވެސް އެޓީމްވަނީ ގްރޫޕްގެ އެއްވަނަ ހޯދި ޔުނައިޓެޑް ޔޫތާއި 3-3 އިން އަދި ގްރޫޕްގެ އެންމެ ފުލުގައިވާ ކްލަބް އިރަމާޔާ 0-0 އިން އެއްވަރުވެފައެވެ. އެޓީމްވަނީ ބޮޑުމަގު 6-1 އިން އަދި އެންވީކޭ 2-1 އިން ބަލިކޮށްފައެވެ.
ޓީމް ނައިވާދޫ ފާހަގަކުރެވެނީ މިމުބާރާތުގައި ތަފާތު ރީތި ސްޓައިލަކަށް ފުޓްސަލް ކުޅެމުން އަންނަ ޓީމެއްގެ ގޮތުގައެވެ. ނައިވާދޫ ޓީމްގައި ހިމެނޭ މުހައްމަދު ރިޝާންވަނީ 4 ގޯލްޖަހައި، 2 ގޯލް ޖެހުމަށް އެހީތެރިވެފައެވެ. އަދި އެޓީމްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ މުހައްމަދު އަސްލަމް ވަނީ 3 ގޯލް ޖަހައި، އިތުރު 5 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. ނައިވާދޫއާ ދެކޮޅަށް ސެމީފައިނަލްގައި ނުކުންން، ޓީމް ހަނިމާދޫއަށް އެންމެ ބޮޑު ޗެލެންޖަކަށްވަނީ، ނައިވާދޫ ފަދަ އެކުލައިވައިގެންކުޅޭ ޓީމްވޯކްރަނގަޅު ޓީމެއް ބަލިކުރުމެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ
14 - މާރިޗު - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
މިނުކުންނަނީ ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީން ކަމާއިއެކު : އިރުޝާދު
28 - ޖުލައި - 2023
ފައިނަލާއި މެދު އުއްމީދު އެބައޮތް – ޔުނައިޓެޑް ޔޫތްގެ ކޯޗް ފަޔާޒް
28 - ޖުލައި - 2023
ވަރުގަދަ ހަނީމާދޫ ސެމީގައި ނައިވާދޫއާ ދެކޮޅަށް
28 - ޖުލައި - 2023
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ހަނިމާދޫއަށް ގްރޫޕް ބީ ގެ އެއްވަނަ، ނައިވާދޫ ސެމީއަށް
27 - ޖުލައި - 2023
ސެމީފައިނަލްގެ ޖާގަ ކަށަވަރުވި ފުރަތަމަ ދެޓީމަކަށް ހަނިމާދޫ އަދި ކުޅިމަގު
26 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް