
ސަސްޕެންޝަނަށްފަހު ކައުންސިލަރުން މިއަދު އޮފީހަށް ނިކުތުމުން ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ ވަނީ އެދެބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔައި މާފަތިވެސް އަޅުވާފަ އެވެ.
ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ވަކިކުލަޔަކަށް ވަކިފިކުރަކަށް ބެލުމެއްނެތި ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކުރިއެކޭވެސް އެއްގޮތަށް ދެމިތިބޭނޭކަމުގެ ޔަޤީންކަން އަރުވާކަމުގައެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ ކައުންސިލް 3 މަހުގެ ސަސްޕެންޝަންގައި ވަނިކޮށް އެއްވެސް ރައްޔިތަކަށް ހިދުމަތެއް ނުލިބިވާނަމަ ނުވަތަ ދަތިވެގެން ހައްލުނުވެހުރި ކަމެއްވާނަމަ އޮފީހަށް އައިސް އަވަހަށް ރިޕޯޓްކުރުމަށް އެދޭކަމަށާއި އެކަމެއް ވީއެންމެ އަވަހަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާނޭކަމުގައެވެ. މީގެއިތުރުން ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ކަންކަމުގައި ދެފުށްފެންނަ ނިޒާމެއްގެ ދަށުން ފުރިހަމަ މައުލޫމާތު ލިބިދެވޭނެ މަގެއް ހޯދައިދޭނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.



