ޚަބަރު

އަލީ ޝިފާޒް އިސްތިއުފާ ދީފި

އަލީ ޝިފާޒް އިސްތިއުފާ ދީފި
Advertisement Advertisement
އާމިނާދިޔޯ ޞިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސާވިސްގެ މަޤާމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކޮށްފައިވާ މިރަށު ގިގުނިގޭ އަލީ ޝިފާޒް އެމަޤާމުން އިސްތިއުފާ ދީފިއެވެ. 2021 ވަނަ އަހަރުގެ އޯގަސްޓްމަހު އެމަޤާމަށް އައްޔަންކުރެއްވި އަލީ ޝިފާޒް އިސްތިއުފާ ދީފައިވަނީ އިއްޔައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޝިފާޒް އިސްތިއުފާ ދީފައިވަނީ އެހެން ވަޒީފާއަކަށް ބަދަލުވުމަށެވެ. ހުސްވެފައިވާ އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރި އިއުލާނާއިގުޅިގެން އެމަޤާމަށް ކުރިމަތިލާފައިވަނީ އަލީ ޝިފާޒް އެކަނިކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް