ޚަބަރު

މޫދު ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކްލަބް ޕޯލްސްޓަރ ގުޅިގެން އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއިއެކު ބާއްވާ މޫދު ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. "ދުޅަހެޔޮ ހަށިހެޔޮ" ގެ ނަމުގައި ކުރިޔަށްގެންދާ މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގެވެރިވާ ފަރާތްތަކުން މިމަހުގެ 20 ގެ ކުރިން އެކަމަށް ހާއްސަކޮށްފައި ޤޫގަލް ފޯމް ފުރަންޖެހެއެވެ. އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއި އެކު އިހަވަންދޫ ސްކޫލުންވެސް ވަނީ އިހަވަންދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.
މޫދު ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް
މުޙައްމަދު އަކުރަމް