އިހަވަންދޫ ކައުންސިލްގެ ނިންމުންތައް އާންމުކޮށްފި
އިހަވަންދޫ ކައުންސިލްގެ ނިންމުންތައް އާއްމުކޮށްފިއެވެ. އެގޮތުން ކައުންސިލުންވަނީ 2021 ވަނަ އަހަރު ކައުންސިލްގެ 4 ވަނަ ދައުރުގެ 32 އާންމު ބައްދަލުވުމުގެ ނިންމުންތަކާއި 2022 ވަނަ އަހަރު ބޭއްވި 35 ބައްދަލުވުމެއްގެ ނިންމުމާއިއެކު ޖުމްލަ 67 ބައްދަލުވުމެއްގެ ނިންމުން އާންމުކޮށްފައެވެ.
ނިންމުންތައް އާންމުކުރިއިރު، އެޖެންޑާ އައިޓަމްތައް ހުށަހަޅުއްވާ ކައުންސިލަރުންނާއި ހުށަހެޅި މައްސަލައާއި އެހުށަހެޅުމަށް ވޯޓް ދެއްވިގޮތް ހިސާބު އަދަދުތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ވަކިވަކި ކައުންސިލަރުން ވޯޓްދެއްވިގޮތް ހާމަކޮށްފައެއްނުވެއެވެ.
ހއ އިހަވަންދޫ އަންބަރީގޭ، އަބުދުލް މާނީއު ހުސައިން ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އިހަވަންދޫ ކައުންސިލްގެ މިހާރު ހިނގަމުންދާ ދައުރު ފެށިގެން ކައުންސިލްގެ ބައްދަލުވުންތަކުން ނިންމާފައިވާ ހުރިހާ ނިންމުންތައް ވޯޓްދިން މެމްބަރުންނާއި ވޯޓް ދިން ގޮތް އިނގޭނެހެން ހޯދުމަށް އިހަވަންދޫ ކައުންސިލްގައި އެދިފައެވެ. ނަމަވެސް އެމައުލޫމާތަކީ އެއިދާރާއިން ދޫކުރެވޭނެ މައުލޫމާތުތަކެއް ނޫންކަމަށް އިހަވަންދޫ ކައުންސިލުން އެންގިއެވެ. ސަބަބެއްކަމަށް ބުނެފައިވަނީ އެއީ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުކަމުގައެވެ. އެކަމާއި ގުޅިގެން، މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުޅުވާލައިފަވާ އަޑުއެހުމެއް ބާއްވާފައެވެ. އެއަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އިހަވަންދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްފައިވަނީ ރަސްމީ ތިންދުވަހުގެ ތެރޭގައި އެމައުލޫމާތު އަބުދުލް މާނިއު ހުސައިނަށް ފޯރުކޮށްދިނުމަށެވެ.
ކައުންސިލްގެ ނިންމުންތައް އާންމުކުރިނަމަވެސް މައްސަލުތަކުގައި ވަކިވަކި މެމްބަރުން ވޯޓް ދެއްވާފައިވާގޮތުގެ ތަފްސީލް އާއްމުކޮށްފައެއްނުވެއެވެ.
އިހަވަންދޫ ކައުންސިލްގެ ނިންމުންތައް ބައްލަވައިލެއްވުމަށް.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް