އޭ ނަފްސާއެވެ! މިހާރު ފުދޭވަރު ވެއްޖެއެވެ
އަހަރުތައް ފާއިތުވެގެން ދަނީއެވެ.
ދުވަސްތައް މާޒީވެ ދަނީއެވެ.
މީސްތަކުން ވަނީ ކުޅިވަރާ މަޖަލުގެ ތެރެއަށް ގެނބިފައެވެ.
މީސްތަކުން ވަނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ.
މީސްތަކުން އެމީހުންގެ ޙަޔާތުގެ ކަންތައްތަކާ ހެދި އުޅެނީ ޣަފުލަތްތެރިކަމެއްގެ ތެރޭގައި ވާ ޙާލުގައެވެ.
ކީރިތި ޤުރުއާން މަތިން ހަނދާނެއް ނެތެވެ. އިސްލާމްދީން މަތިން ހަނދާނެއް ނެތެވެ.
ފައިސާ އެއްކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމުގައި ވެއްޖެއެވެ.
ޝަހުވާނީ އެދުންތަކުން އުފާ ޙާޞިލްކުރުމަކީ މީސްތަކުންގެ ދިރިއުޅުން އެކަންކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަމުގައި ވެއްޖެއެވެ.
ހުރިހާ ހަޑިމުޑުދާރު ކަންކަން ޝައިޠާނާ ޒީނަތްތެރިކޮށްދީފިއެވެ.
މީސްތަކުން އެބައިމީހުން ބޭނުންވާހާ ކަމެއް ކުރަމުން ގެންދަނީއެވެ. ޙަރާމްކަމެއް ތޯ ބެލުމެއް ނެތިއެވެ.
އޭ ނަފްސާއެވެ! މިހާރު ފުދޭވަރު ވެއްޖެއެވެ.
ފާފަތައް ގިނަވެއްޖެއެވެ.
ފާފަކޮށްކޮށް އެކަމުގެ ބޮޑުކަން ކެނޑި ކުޑަކުޑަ ކަމެއްކަމުގައި ފާފަކުރުމަކީ ކުޑަކުޑަކަމެއް ކަމުގައި ވެއްޖެއެވެ.
ތިބާގެ ދުނިޔޭގެ ޙަޔާތަކީ ވަޤުތު ކަނޑައެޅިފައިވާ ޙަޔާތެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟
ހަމަކަށަވަރުންވެސް ތިބާ ތިޔަ ކުރާ ހުރިހާ ކަންތައްތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
މިއަދުވެސް ތިބާގެ ފުރާނަ ތިބާގެ ހަށިގަނޑާ ވަކިވެއްޖެ ނަމަ ތިބާގެ ޙާލާމެދު ތިބާ ބުނާނީ ކީކޭހެއްޔެވެ؟
ކަށްވަޅުގެ ފިތުނައާ ކުރިމަތި ލާންޖެހޭ ހިނދު ކަންތައް ވެގެންދާނެ ގޮތާމެދު ވިސްނޭ ހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބު ހުރީ ތައްޔާރަށް ހެއްޔެވެ؟
މިއަދު ތިބާ ބޭނުންހައި ގޮތަކަށް އުޅެ ބޭނުން ކަމެއް ކުރިކަމުގައި ވިޔަސް މާދަމާ ތިބާ މަރުވާނެއެވެ. އަދި ތިބާގެ ޢަމަލުތަކުގެ ޙިސާބު ކުރެވި، ޖަޒާ ދެއްވޭނެއެވެ.
=އައްޝައިޚް ޚާލިދު އައްރާޝިދު فك الله أسره ދެއްވާފައިވާ (އޯޑިޔޯ) ދަރުސްއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް=
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުއޮތް ހިސާބު މިއޮތީ!
5 - ޖެނުއަރީ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
އާރުޓީއެލް ފެރީނިޒާމް މަޑުމަޑުން ފުނޑެނީ، ހުކުރުދުވަހު މިހާރު ދަތުރު ނުކުރޭ!
10 - އޭޕްރީލް - 2025
ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ލިބޭނެ!
25 - މާރިޗު - 2025
މަލްޓި-ޕަރޕަސް ހޯލްގައި މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ މަސައްކަތް – އެމްޓީސީސީ
6 - މޭ - 2023
ސްކޫލުންދޭ ހުއްދައެއްގެ ދަށުން ގްރޭޑް 11 އަދި 12 ގެދަރިވަރުންނަށް މިހާރު ސްކޫލްގައި ފޯނު ބޭނުންކުރެވޭނެ
31 - މާރިޗު - 2023
ޕީސީއާރާ ނުލައި މިހާރު އިހަވަންދޫ އަށް ދަތުރުކުރެވޭނެ
9 - ނޮވެމްބަރު - 2021
ފެނަކަ ބިލްތަކަށް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ
11 - ޖޫން - 2020
އެމެޒަން ގެ އެލެކްޒާ، މިހާރު އެންޑްރޮއިޑްގައި
8 - ޖޫން - 2018
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: މުބާރާތް ފަށާނީ ޖަންގަލް އަދި ބާރަލާ ބައްދަލުކުރާ މެޗުން
17 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް