މުޅި އެފްބީގައި "އެކުގައި" މިވަނީ ކީއްބާ؟
ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އިންޓަރ އޮފީސް ފުޓުސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގެ ކުޅުން ނިމިގެންދިޔައިރު، އިހަވަންދޫ ސުކޫލް-އާމިނާ ދިޔޯ ހެލްތް ސެންޓަރ (އައި.އެސް-އޭ.ޑީ.ހެޗް.ސީ) ގެ ކޮންބައިން ޓީމް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
އައި.އެސް-އޭ.ޑީ.ހެޗް.ސީ ފައިނަލަށް ދަތުރުކޮށްފައިވަނީ އިހަވަންދޫ ކައުންސިލް-އެމް.ޓީ.ސީ.ސީ-އިހަވަންދޫ ކޯޓް (ސީ.އެމް.ސީ) ގެ ކޮންބައިން ޓީމާ ވާދަކޮށް ޕެންލްޓީ ޖަހައިގެން 6-7 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމުގެ ކެޕްޓަން ނޫޝާން އަބުދުލް ރައްޒާގު ވިދާޅުވަނީ ޓީމު އޮތީ ފައިނަލްގައި މޮޅު ކުޅުމެއް ދައްކާ ޗެމްޕިއަންކަން ނަގަން ތައްޔާރަށް ކަމަށެވެ.
”ޓީމް އޮތީ ތަށި ނަގަން ރެޑީގަ. މި ފަހަރު ތަށި ނަގާނީ އެކުގައި ތަފާތު ކުޅުމެއް ދައްކާގެން" ނޫޝާން ވިދާޅުވިއެވެ.
މި މުބާރާތުގެ ތަށްޓާއެކު ޓީމު ނިސްބަތްވާ ދެ މުއައްސަސާގެ މުއައްޒަފުން އެކުގައި ފޮޓޯ ނަގަން ތައްޔާރުވެގެން ތިބުމަށް އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ސާޖިދު ޓީމު ނިސްބަތްވާ ދެ މުއައްސަސާގެ މުއައްޒަފުންނަށް އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ޓީމު ނިސްބަތްވާ ދެ މުއައްސަސާގެ މުއައްޒަފުން ޓީމަށް ޓަކައި، މިފަހަރުގެ ތަށި ޓީމަށް ހޯދައިދިނުމަށް ޓަކައި އެކުގައި މަސައްކަތްކުރަމުންދާކަމަށް އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމުގެ މެނޭޖްމެންޓުން ވިދާޅުވިއެވެ.
އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމުގެ ކޯޗް މުހައްމަދު ސުޖާއު ފާހަގަކުރާ ގޮތުގައި އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމަކީ ތަފާތު ދެދައިރާއެއްގެ ކުޅުންތެރިންނާއެކު އެކުގައި، އެއް ރޫހެއްގައި މަސައްކަތްކުރަމުންދާ ޓީމެކެވެ.
" އައި.އެސް-އޭ.ޑީ.ހެޗް.ސީ އެކު އެކީގައި ގޮސް މިފަހަރު ތަށި ނަގާނަން. މިއީ އެކުގައި ކުޅެ ތަށި ނަގާނެ ފަހަރު." ސުޖާއު ވިދާޅުވިއެވެ.
އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމު ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވެގެންދިޔަ ހިނދު، ޓީމުގެ ސަޕޯޓަރުންގެ އަޑު އެކިއެކި މަންސަތަކުގައި ގަދަވެގެންދިޔައެވެ. އެގޮތުން، މުޅި ފޭސްބުކުގައި މިންޓްގެ ގްރީން ކުލައިގެ "އެކުގައި" ލޯގޯ ޕްރޮފައިލް ފޮޓޯގެ ގޮތުގައި އަދާހަމަވެގެންދިޔައެވެ. އެހެންމެ، އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމަށް ސަޕޯޓްކުރުމަށް "މިންޓް ގްރީން" ކުލަ ބޭނުން ކުރުމަށް ޓީމުގެ މޭނޭޖްމެންޓްގެ ފަރާތުން އެދެއެވެ.
އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމުގައި އިހަވަންދުއިން ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. އިހަވަންދޫގެ އެކިއެކި ފުޓްބޯޅަ ޓީމުތަކަށް ނިސްބަތްވާ ކުޅުންތެރިންވެސް ތިބީ އައި.އެސް-އޭ.ޑީ.ހެޗް.ސީ ޓީމުގައެވެ. މި ޓީމުގެ އަމާޒަކީ، މިފަހަރުގެ ތަށި "އެކުގައި" ކުޅެގެން ނެގުމެވެ.
އިންޓަރ އޮފީސް ފުޓުސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ ދެވަނަ މެޗް މިރޭ ކުޅެވިގެންދާއިރު، ބައްދަލުކުރާނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން އަދި އިހަވަންދޫ ކައުންސިލް-އެމް.ޓީ.ސީ.ސީ-އިހަވަންދޫ ކޯޓް (ސީ.އެމް.ސީ) ގެ ކޮންބައިން ޓީމެވެ.
ގުޅުން ހުރެދާނެ ލިޔުން
އެޗްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ނަބާހް ހޯދައިފި
14 - ޖުލައި - 2026
ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެ، ދިއްދޫ ސްޕޯޓްސް މުޅި ހއ. އަތޮޅުގެ ފަޚުރަކަށް!
20 - ޖޫން - 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...
15 - ޖޫން - 2026
ޓެކްނިކަލް މައްސަލައެއްޖެހި މުޅި އިހަވަންދޫއިން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ!
13 - އޭޕްރީލް - 2026
ޓީމު އޮތީ އެއް ރޫހެއްގައި! ތަމްސީލު ކުރަނީ މުޅި އިހަވަންދޫ!
6 - ނޮވެމްބަރު - 2024
ތިލައުތުރު ރަންތާޖު ޤުރުއާންމުބާރާތުން އިހަވަންދޫ ދެވަނަ ހޯދިއިރު، ނަސްރަތު މުޅިމުބާރާތުން އެއްވަނަ ހޯދައިފި
26 - އޮކްޓޯބަރު - 2024
އިހަވަންދޫ ކައުންސިލްގެ ޕާފޯމެންސް ދުވަހަކު ނުދާހާ ދަށަށް – މުޅި ރާއްޖެއިން 146 ވަނަ
24 - ޑިސެމްބަރު - 2023
މިއަދު ހަވީރު މުޅިރަށުން ކަރަންޓް ކަނޑާލަނީ
5 - އޮކްޓޯބަރު - 2022
އިހަވަންދޫގެ މުޅި ކޭބަލް ނެޓްވޯރކް ބަދަލުކުރުމަށް ބޭނުންވާ ކޭބަލް ގެނެސްފި
20 - މޭ - 2022
ކޮވިޑް-19: މުޅި އިހަވަންދޫ ނަތީޖާގެ އިންތިޒާރުގައި
6 - އޮގަސްޓު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް