Mon, 19 Oct 2026, 03:23 AM

ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން

ކުރިޔަށްދަނީ
ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
އެވޯރޑްކުރި ތާރީހު
29 - ޖެނުއަރީ - 2025
ސުންގަޑި
28 - ޖޫން - 2025
ޕްރޮޖެކްޓްގެ އަގު
4.80 މިލިއަން ރުފިޔާ
ފުރިހަމަވި މިންވަރު
50%
ކޮންޓްރެކްޓަރ
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)
ބާކީ އޮތީ
00ދުވަސް
00ގަޑިއިރު
00މިނިޓް
00ސިކުންތު
ކުރިޔަށްދަނީ

ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުން

50%
ފުރިހަމަވި މިންވަރު
އިތުރަށް ހިނގާފައިވާ މުއްދަތު
478 ދުވަސް
ޕްރޮޖެކްޓްގެ އަގު
4.80 މިލިއަން ރުފިޔާ
އެވޯރޑްކުރި ތާރީހު
29 - ޖެނުއަރީ - 2025
ކޮންޓްރެކްޓަރ
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)

މަޝްރޫޢުގެ ޓައިމްލައިން

7 24 - މާރިޗު - 2026

ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި..

ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރަމުންދާ އިހަވަންދޫ ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ބިޑަކާއި ނުލާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މިމަސައްކަތް ފަށާފައިވަނީ މިއަދުއެވެ. ބިޑަކާއި ނުލާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ އާއެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާގެ އަގަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން މިމަސައްކަތް ފަށާފައިވަނީ ލޯކަލް ސަބް ކޮންޓްރަކްޓަރަކާއި ހަވާލު ކޮށްގެންނެވެ.

6 4 - ފެބްރުއަރީ - 2026

ހުރަވީ ދަނޑުގެ މަސައްކަތް ނިމޭނީ އޭޕްރީލް މަހު: އާރުޑީސީ

ހުރަވީ ދަނޑުގެ މަސައްކަތް ނިމޭނީ އަންނަ އޭޕްރީލް މަހު ކަމަށް، އިހަވަންދޫ ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ބުނެފިއެވެ. އެކުންފުނިން މިހެންބުނީ ދަނޑުގެ މަސައްކަތް ނިމޭނެ ދުވަހަކާއި ގުޅޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ. އާރުޑީސީއިން މިނޫހަށް މައުލޫމާތު ދިންގޮތުގައި، ހުރަވީ ދަނޑުގައި ޓާފްއެޅުމުގެ މަސައްކަތް ލަސްވެފައިވަނީ ޓާފް އެޅުމަށް ބޭނުންވާ މެޓީރިއަލްސް ރާޖެއަށް ގެނެވިފައިނުވާތީއެވެ. ޓާފްއެޅުމަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާކަމަށްވެސް އާރުޑީސީއިން މައުލޫމާތު ދިނެވެ.

5 27 - އޭޕްރީލް - 2025

އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!

ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮނެފައިވާ ވަޅުގަނޑަކަށް ކުނިއެޅުމުން ފާޑުކުޔުން އާޒުވުމުން، އެކުންފުނިން އެޅި ކުނި ނަގައިފިއެވެ. އެވަޅުގަނޑަށް ކުނިއަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކުނިތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުގެ ހަވީރުއެވެ. ސަބްބޭސް ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮނެފައިވާ ވަޅުގަނޑަކަށް ކުނިއެޅުމުންދާކަން އާމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ، އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރަޝީދުއެވެ.

4 20 - އޭޕްރީލް - 2025

ހުރަވީ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް

 ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްފައިވަނީ 4،832،827.50 ރުފިޔާއަށްކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި އެމިނިސްޓްރީއިން ބުނީ، 4.8 މިލިއަން ރުފިޔާގެ އަގަކަށް އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 105 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ.

3 26 - ފެބްރުއަރީ - 2025

މަސައްކަތް ފެށުން

އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ފަށައިފިއެވެ. 

2 29 - ޖެނުއަރީ - 2025

މަސައްކަތް ހަވާލުކުރުން

ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.  އެކުންފުންޏާއި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިހަވަންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން  މިއަދު ހަވީރު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި އޮތް ޖަލްސާގައެވެ. މި އެއްބަސް ވުމުގައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުޙައިރުއެވެ.

1 1 - ޖެނުއަރީ - 2025

މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!

ހުރަވީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް، މިއަހަރު ކުރާނެކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ސްޕޯޓްސް މިނިސްޓަރ މިހެން ވިދާޅުވީ، ބިއުޓިފުލް ބްލޫ މައިކަޕް ފުޓްބޯޅަ މުބާރާތް 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. "މިރަށު ހުރަވީ ދަނޑަކީ ވަރަށް މުހިއްމު ދަނޑެއް. އެދަނޑުގަ ޒަމާނީ ފެންވަރަށް ކުޅިވަރު ކުޅެވޭނެ ގޮތް ހެދުން، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގަ ޓާފް އެޅެމުގެ މަސައްކަތް އަޅުގަނޑުމެން މިނިސްޓްރީއިން ކުރަމުން ގެންދާނެކަން. އެހެންވީމާ އެޔަޤީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަރުވަން"  މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.

މަޝްރޫޢު ޓްރެކަރ