ޚަބަރު

ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޑޮކްޓަރެއް ކޮވިޑަށް ފައްސިވެފައި ވަނިކޮށް އެމަރުކަޒުން ނެގި ފުލޫ ސާމްޕަލް އެއް ކޮވިޑަށް ފައްސިވެއްޖެއެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުން ދާދި ދެންމެ ހާމަކުރައްވާފައިވާ ގޮތުގައި ފައްސި ވެފައި ވަނީ ޑިސެމްބަރ 2021 ވީ ބުދަ ދުވަހު ނެގުނު ރޯގާގެ އަލާމަތްތައް ހުރި ބަލިމީހެއްގެ ފުލޫ ސާމްޕަލްއެވެ. މި ސާމްޕަލްގެ ނަތީޖާ ލިބިފައި ވަނީ މިރެއެވެ. މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަން ރައްޔިތުންގެ ސަމާލުކަމަށްޓައި ދަންނަވާފައިވާއިރު މިދުވަސް ވަރަކީ ކޮވިޑްގެ ބިރުވެރިކަން ރަށުގައި އޮތް ދުވަސް ވަރެއް ކަމަށް ވުމާއެކު އެންމެ ބޭފުޅުންވެސް މާސްކު އެޅުއްވުމަށާއި، ސައިބޯނި ލައިގެން އަތް ދޮވުމަށް އަދި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓެވުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ ނަސޭހަތްތެރިވެފައެވެ.
މަރިޔަމް