ސުކޫލުގެ އެދުމުގެ މަތިން ބެލެނިވެރިންގެ ހިޔާ ނަގަނީ
އިހަވަންދޫ ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލުގައި ހުރި ބެލެނިވެރިންގެ ހިޔާ ނެގުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފި އެވެ.
އިހަވަންދޫ ކައުންސިލުން އިއްޔަ ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އިހަވަންދޫ ސްކޫލްގެ ހުޅަނގުފަރާތުގައި ބިނާކޮށްފައިވާ ބެލެނިވެރިންގެ ހިޔާ ތައްޔާރުކުރެވިފައިވާ ގޮތުން އެބިނާގެ ފުރާޅުން ސްކޫލްގެ ހުޅަނގުފަރާތައް ވިއްސާރަ ދުވަސްވަރު ފެންއެޅި ހަޑިވަމުން ދިޔުމާއި، އަދި ބެލެނިވެރިންގެ ހިޔާ ހެދުމަށް ޖަހާފައިވާ ތަނބުތަކުން ސްކޫލްގެ ނަންޖެހުމަށް ޙާއްސަ ކުރެވިފައިވާ ތަނުގެ ދޭހައަށް ހުރަސް އެޅި ސްކޫލުގެ އިސްމަންޒަރު އިތުރުވެ ހައިބަތަށް އުނިކަން އަންނަކަމަށް ބެލެނިވެރިންނާއި ސްކޫލަށް ޒިޔާރަތް ކުރައްވާ މެހެމާނުން ފާހަގަކުރަމުންގެންދާތީ، އިހަވަންދޫ ސްކޫލުން އެކަންކަން ހައްލުކޮށްދިނުމަށް އެދެމުންދާތީ ބެލެނިވެރިންގެ ހިޔާ ނެގުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.
މި ހިޔާ ނަގައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފާރާތްތަކުން 05 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:15 އަށް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ގޮސް މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
މިމަސައްކަތަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަޑި އަކީ 12 އޮކްޓޫބަރު 2021 ވާ އަންގާރަ ދުވަހުގެ 13:15 އެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް