އިސްލާމްދީނުގެ މަތިވެރި އަސާސެއްގެ ދައުރު ހަނިވާގޮތަށް އޮތް އިސްލާހާ މެދު ކަންބޮޑުވޭ : އިހަވަންދޫ ކައުންސިލް
ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
އިހަވަންދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 7 މެމްބަރުންގެ ތެރެއިން 6 މެމްބަރެއް ސޮއިކުރައްވާ މިއަދު ނެރުއްވި ނޫސްބަޔާނުގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލް ޢުޤޫބާތު) އަށް އިތުރުކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަކީ ކައުންސިލުން ކަންބޮޑުވާފަދަ ކަންކަން ހިމެނިގެން ހުށަހެޅިފައިވާ ބިލެއް ކަމަށެވެ.
މިބިލު ގާނޫނަކަށް ވުމުން، އިސްލާމްދީނުގެ އަސާސްތަކަށް ގޮންޖަހާ އެދީނުގެ ދަންމަރު ނިއްވާލުމަށް މަސައްކަތްކޮށް ބަސްބުނަމުންދާ ފަރާތްތަކަށް ލިބެގެންދާ ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދާނެ ކަން ފާހަގަ ކުރައްވަމުން ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި އިސްލާހު ގާނޫނަކަށް ވުމުން، މުންކަރާތްތައް ހުއްޓުވުމަށް ބާރުއަޅާ ނަސޭހަތްތެރިވަމުންދާ ދީނީ ޢިލްމުވެރިންނަށް ސީދާކޮށް ގިންޖަހާ އެފަދަ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިގެންދާ ދޮރެއްގެ ގޮތުގައި ވެގެން ދާނެ ކަމަށެވެ.
އިސްލާމްދީނާ ޙިލާފަށް ފާޅުގައި އަޑު އުފުލަމުންދާ މީހުން ދިފާޢުކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމުގެ ކުރީން، ރައްޔިތުންގެ މަޖިލޫހުގެ އެންމެ އިސް ވާޖިބަކީ، އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅުތައް އެޅޭނެ ގޮތަށް ޤާނޫނު ފަރުމާކުރުން ކަމުގައި ދެކޭކަމަށް ކައުންސިލްގެ ނޫސްބަޔާނުގައި ވެއެވެ.
އިސްލާމްދީނުގެ އަސާސްތައް ހަނިވާގޮތަށް، ނަފުރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ފަރުމާކުރެވިފައިވާ، ބިލް ފާސްކުރުމަށް ވޯޓު ނުދިނުމަށް އިހަވަންދޫ ކައުންސިލުން ވަނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ކިބައިން އެދިލައްވާފައެވެ.
އެ ބިލަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުން ދާއިރު، ސަރުކާރުން ވަނީ އިތުރު ބިލެއް ވެސް މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ. އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ބަޔާންކުރާ ބިލެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް