ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން އިހަވަންދޫގައި ފިޔަވަޅުތަކެއް
ހއ. އިހަވަންދޫގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑް 19 އަށް ފައްސިވުމާއި ގުޅިގެން، 28 މޭ 2021 ގައި ބޭއްވުނު އި.އޯ.ސީ ބައްދަލުވުމުން ރަށުގައި ހާއްސަ ފިޔަވަޅު ތަކެއް އަޅަން ނިންމާފިއެވެ.
އިހަވަންދޫ ކައުންސިލްގެ އިދާރާއިން ދާދި ދެންމެ އިޢުލާނު ކޮށްފައިވާ ގޮތުގައި ހޯމްކަރަންޓީންގައިހުރި ފަރާތެއް، ހޯމް ކަރަންޓީންގެ އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވަނިކޮށް، އެ ފަރާތް، ކޮވިޑް 19 އަށް ފައްސިވެފައިވާތީ، އެފަރާތާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ހޯދައި އައިސޮލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިގޮތުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އިހަވަންދޫގެ އީ.އޯ.ސީން ނިންމާފައިވާ ކަމަށް އިޢުލާނުގައި ވެއެވެ.
އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް:
• ޒަރޫރީ ބޭނުމެއްނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނިކުމެ ނޫޅުން.
• ގެއިންބޭރަށް ނިކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކު އެޅުން.
• ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލުން.
• އާއްމު އިޖްތިމާއި ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން ގަދުރުކަން ބެހެއްޓުން.
• ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެ. އުޅުން މަނާކުރުން.
• ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާފަރާތްތަކާއި، ހައި ރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި
ނަމާދުކުރަން އިސްކަން ދިނުން.
• ސައި ހޮޓާ އަދި ފިހާރަތަކުގައި އިޖްތިމާއީ ގައިދުރުކަން ކަށަވަރުވާގޮތަށް، ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެޗް.ޕީ.އޭ ގައިޑްލައިންއާ އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖެއްސުން.
އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ބަލަންޖެހޭ އިތުރު ބެލުންތައް ބެލުމަށްފަހު، އިތުރު ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
ކަރަންޓީންނުވެ ދަތުރުކުރެވޭނެ އުސޫލު ކައުންސިލުން އާއްމުކޮށްފި
28 - އޭޕްރީލް - 2021
ކޮވިޑް-19: މިހާލަތުގައި ސްކޫލު ހުޅުވުން ރައްކާތެރިއެއް ނޫން – ކައުންސިލް ރައީސް
7 - އޮގަސްޓު - 2020
އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފި
9 - މޭ - 2020
އިތުރުބަޔަކު ފައްސިވުމުން އިތުރު ފިޔަވަޅުތަކެއް
1 - މޭ - 2020
އިހަވަންދޫގެ ފުރަބަންދަށް ލުއިތަކެއް ދީފި
29 - އޭޕްރީލް - 2020
އިހަވަންދޫގެ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
25 - އޭޕްރީލް - 2020
އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓާސްކުފޯސް އިން ނިންމާފި
21 - އޭޕްރީލް - 2020
ކާވިޔާ ބޯޓު 14 ދުވަހަށް ކަރަންޓީނު ކޮށްފި
20 - އޭޕްރީލް - 2020
އިހަވަންދޫގެ ފުރަބަންދަށް ލުއިތަކެއް ދީފި
20 - އޭޕްރީލް - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް